ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ސުވާލެއް ޑރ މުއިއްޒުގެ ސަރުކާރަށް: މަޖިލިސް އިންތިހާބަށް އަޅުގަނޑު މިނިވަން ކުރަން ސަރުކާރަށް ކެރިދާނެތަ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދިން ލުއިތައް ފިޔަވައި އިތުރު އެއްވެސް ލުޔެއް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެއްވާފައި ނުވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް މިނިވަން ކުރަން މިސަރުކާރަށް ކެރިދާނެ ކަމާއި މެދު ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މި ވަގުތު ހުންނެވީ ގޭ ބަންދުގައެވެ. ނަމަވެސް އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ޖަލްސާތަކަކީ އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ނިކުންނަ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ބޭފުޅުން ތައާރަފު ކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކެކެވެ.

މި ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ މި ބޭފުޅުންނާއި ސުވާލުތަކެއް އަމާޒު ކުރައްވަމުންނެވެ.

އެގޮތުން ރޭ ބޭއްވި ޖަލްސާގައި އުނގޫފާރު ދާއިރާއަށް ނުކުތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހުސެއިން ނާސިފްއަށް ރައީސް ޔާމީން ވަނީ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. ރައީސް ޔާމީން ވަނީ މި ސުވާލު ކުރެއްވިއިރު، އެމަނިކުފާނަށް ކުރީ ސަރުކާރުން ދިން ލުއިތައް ފިޔަވައި އިތުރު ލުޔެއް އެމަނިކުފާނު ގެނައި މި ސަރުކާރު ހޯދަވައިދެއްވާފައި ނުވާކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއް ސުވާލަކީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމަނިކުފާނު، ވީއްލާލާ ލުއި ދެއްވަން ސަރުކާރަށް ކެރިދާނެކަމަށް ގަބޫލުކުރެވޭތޯ ކުރެއްވި ސުވާލެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ މަޖިލީހަށް ވަޑައިގަންނަވާއިރު، ވަކި ޕާޓީއެއްގެ ފަރާތުން އިންތިހާބުވެވަޑައިގަތުމުން އެއީ ޕާޓީއަށް ލިބޭ މޮޅެއްތޯ ސުވާލު ކުރައްވާފައެވެ. ދެން އޮތީ ރައްޔިތުންގެ ހައްގުތަކަށްޓަކައި މަސައްކަތް ކުރުމާއި، ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުންކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ޕާޓީގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި ސުވާލު ކުރެއްވީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުން ކަން ކުރައްވާނީ ޕާޓީއަށް މޮޅެއް ހޯދައިދިނުމުގެ އުސޫލުންތޯ ނުވަތަ، ބޮޑު ޒިންމާއެއް އުފުލަންތޯ ސުވާލު ކުރައްވާފައެވެ.

އިސް ކުރައްވާނީ ރައްޔިތުންގެ މަސްލަހަތުކަމަށް އަދި އިންތިހާބުވުމުގެ ކުރިން ދެއްކެވި ވާހަކަތައް ބިލާހަކަށް ވެގެން ނުދާނެކަމަށް ކެންޑިޑޭޓުން ބުންޏެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: