ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހިންގެ ގައުމު ދިވެހިންނަށް މިނިވަން ނުވާނެ:އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހިންގެ ގައުމު ދިވެހިންނަށް މިނިވަން ނުވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕިއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ދިވެހިން ފަޚުރުވެރިވާ ދިވެހިންގެ މިނިވަން ދުވަހާއި ބައްދަލު މިވަނީ ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިޙްސާސްތަކެއް ކުރުވަމުން ކަމުގައެވެ. ގައުމުގެ މިނިސްބަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހިންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ދާއިރު މިނިވަންކަމުގެ އިޙްސާސް ކުރެވޭތޯ ޕީޕީއެމް އިން ވަނީ ސުވާލު އުފައްދާފައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްވެ ހުރެ އިންޑިއާގެ އަތް މައްޗަށް ދިވެހި ގައުމު ދީލާލައި ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލައިގެން ކުރަމުން މިގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހިންގެ ގައުމު ދިވެހިންނަށް އަނބުރާ ހޯދޭނެ ގޮތެއް ނެތްކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.

ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ޙައްޞާޞް ވަގުތުގައި، ގައުމުގެ މަސްލަހަތު ދިފާޢުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމެއްކަމަށްވެސް ޕީޕީއެމްގެ މިނިވަން ދުވަހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައީސް ޔާމީންއާއި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އުންމީދާއި ދުޢާއަކީ މަދު ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުމެންނާއި ބައްދަލުކުރާ ރިޔާސީ އިންތިޚާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނެ އިންތިޚާބެއްކަމުގައި ވުމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އިން މިނިވަންދުވަހާއި ގުޅުވައިގެން ނެރެފައިވާ ބަޔާނުގައި ރާއްޖޭގެ މިނިވަން ދުވަހުގެ ތަޙުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިިވަންކަމަށް 58 އަހަރު ފުރޭ 59 ނުވަ ވަނަ މިނިވަން ދުވަހުގެ ތަޙުނިޔާއާއި ހެޔޮ އެދުންތައް ދިވެހިންގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ލިޑަރޝިޕްއާއި ސެނެޓުގެ މެމްބަރުންގެ ފަރާތުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަނީ އަރިސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: