ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން މިނިސްޓަރުކަމަށް ހައިދަރަށް ވެސް ރުހުން ނުލިބުނު!

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލުކުރުމުން، އެމްޑީޕީން ވަނީ އެ ޕާޓީއާއި ޑިމޮކްރެޓްސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމިކަމަށް ބުނެފަ އެވެ. އެއީ ޒާތީ ގޮތުން ނިންމި ނިންމުމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އާންމުން ނިކުމެ މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ގެންދިޔައިރު ވޯޓަށް އެހުމަށް ހުރަސް އަޅައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެކި ފަހަރު މަތީން އިއްޔެ ޖަލްސާގެ ގަޑިތައް ތާވަލުކޮށް ވެސް ވޯޓުލުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވެގެން ޖަލްސާ ނިންމާލީ ރޭގަނޑުގެ 11 ހާއިރެވެ.

އެއަށް ފަހު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، ގަދަބާރުން ރުހުން ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ވަޒީރުން އެ މަސައްކަތަށް ގާބިލުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ޒިންމާ މަޖިލީހުގެ މައްޗަށް އޮތްއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް ބާރު ނުފޯރުވޭނެކަމަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުންޏެވެ. އަދި އުނދަގޫކޮށް ޖަލްސާއަށް ހުރަސްއަޅާނަމަ އިތުރު ވަޒީރުންނަށް ވެސް ރުހުން ނުދޭނެކަމުގެ އިންޒާރު ދިނެވެ.

މިއަދު މަޖިލީހުގައި 1:00 އަށް ތާވަލު ކުރި ޖަލްސާގައި ކޮންމެ ވަޒީރަކަށް ވެސް ވޯޓަށް އެހީ ވަކިވަކީންނެވެ. އެގޮތުން ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކުރި އިރު އެއީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށެވެ.

ހައިދަރަކީ ސަރުކާރު ކެބިނެޓުން އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވާ މިނިސްޓަރެވެ. އެގޮތުން ހައުސިންގެ އެކި ޝަކުވާތަކާއި އެކު ފުރަތަމަ ދުވަހުން ވެސް ފެށިގެން އެމްޑީޕީގެ ރޫހު ހުރީ ހައިދަރަށް ރުހުން ނުދޭންށެވެ. ހައިދަރަށް ރުހުން ނުދޭން މަޖިލިހުން ފާސްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ، ހައިދަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ވެސް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. އަދި އެކި ފަހަރު މަތީން، ހައިދަރު ކޮމިޓީއަށް ހާޒިރުކޮށް އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން ދޫކުރި ފްލެޓުތަކާއި މެދު އަމަލު ކުރަނީ ގޯސްކޮށްކަމަށް އެމްޑީޕީން ބުނެފައި ވެއެވެ. އެހެންވެ، ރުހުން ނުދޭނެ ބޭފުޅުންގެ ތެރޭގައި ހައިދަރު ހިމެނޭނެކަން މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: