މަލްޓިޕާޓީ ޑިމޮކްރެސީ އުފެދުނު ފަހުން މުޅި ރައްޔިތުންނާއި މުޅި ދިވެހި ރާއްޖެ ޝާމިލް ވާގޮތަށް ކަމެއް ކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށާއި އަދި ކަންކަން ކޮށްދިނުމަށް އެމްޑިޕީ ނޫން އެހެން ޕާޓީއެއް އުފަން ނުވާކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަމުން ސަނީފް ވިދާޅުވީ އެ ފަހުރާ އެ ކާމިޔާބީ އަކީ އެމްޑީޕީ މިއަދާ ހަމައަށްވެސް ގެންނަމުން އަންނަ ސިސްސިލާއެއް ކަމަށެވެ. 2008 ވަނަ އަހަރު ލިބުން ދެ އަހަރު ދުވަހުގެ ސަރުކާރުގައި މުޅި ރާއްޖޭގެ ރައްޔިތުން އެކަމަކާއި އެންމެ އުފަލެއްވާ ކަންކަމަކީ އާންމު ރައްޔިތުންނަށް ދެމުން ދިޔަ ހިދުމަތާއި ކޮށްދެމުން ދިޔަ ކަންކަން ކަމަށް ސަނީފް ވިދާޅުވިއެވެ.
މުސްކުޅިންނަށް ދޭ އިނާޔަތާއި، ކިޔަވާކުދިންގެ ފޮތް ލިސްޓާއި އަދި އެކަނިވެރި މައިންގެ އިނާޔަތަކީވެސް އެމްޑީޕީގެ ސަރުކާރުން ދިން އެއްޗެއް ކަމަށާއި އެންޑިޕީން ގެންނަމުންދާ ސިލްސިލާގެ ފެށުން ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ 2008 ގެ ވެރިކަން 5 އަހަރު ދުވަހަށް ދިގުލައިގެން ދިޔަ ނަމަ ރައްޔިތުން އުފާވާ ވަރަށް ކަންކަން ކޮށްދެވުނީސް ކަމަށެވެ. އެހެންނަމަވެސް އޭރުގެ ވެރިކަން ވައްޓާލީ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ ތާއިދާއި ރުހުން އެމްޑިޕީއަށް ލިބުނީ އަނިޔާވެރިކަން އިންތިހާއަށް ބޮޑަށް ގޮސްފައިވަނިކޮށް ކަމަށް ސަނީފް ވިދާޅުވިއެވެ.
“މުޅި ރާއްޖެ އެކީ އެކައްޗަކަށް އެއްބަސްވީ ރާއްޖޭގައި އަނިޔާވެރިކަން ހައްދުން ނެއްޓި ބިރުވެރި ކަމެއްގެ ތެރެއަށް ރާއްޖެ ގޮސްފި ކަމަށް” ސަނީފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޯޓުގެ މިނިވަންކަން ގެއްލިއްޖެ ކަމަށާއި، ވަކި ވަކި ފަރުދުންގެ މިނިވަންކަން ގެއްލިއްޖެ ކަމަށް ގަބޫލުކޮށް އޭރު ވެރިކަން ކުރަމުންދިޔަ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް މަޖިލިސް ތަޅުމުގެ ތެރޭގައި އެކަމާއި މެދު ކަންބޮޑުވުންވެސް ފާޅު ކުރި ކަމަށް ސަނީފް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށްވީ އެ ވެރިކަން ބަދަލުވެ އެމްޑީޕީއަށް އަނެއްކާވެސް 2018 ގައި ވެރިކަން ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑްގެ އާލަމީ ވަބާގައި އެމްޑިޕީއަށް ވެރިކަން ކުރަންލިބުނީ އެންމެ ތިން އަހަރު ދުވަސް ކަމަށް ސަނީފް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެ ތިން އަހަރު ދުވަސް ތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދައްކައިދިނީ އެމްޑީޕީއަކީ ރައްޔިތުންނަށް ކަންކޮށްދޭބައެއް ކަމަށް ސަނީފް ވިދާޅުވިއެވެ.
One Response
އެމްޑީޕީ ރަގަޅުވާނެ ތާ ތެޔޮ ވިއްކަން ތިނަދޫގެ އެންމެ ރަނގަޅު ސަރަހައްދުން މަހަކު 300ރ އަށް 50 އަހަރަށް 4800 އަކަފޫޓުގެ ބިމެއް ދީފަ ވިއްޔާ އެއޮތީ. ނުވިތާކަށް ތިނަދޫއިން ގޯތި ދިން އިރު ގުރުއަތުން ވެސް ނުހޮވޭ މީހަކަށް އޭނާ ބޭނުންވި ތަނުން ޖާގަ ހަދައިގެން ގޯއްޗެއް ވެސް ހޯދާފަ ވިއްޔާ އެއޮތީ މިހެން ކަންތަށް ވެފަ އޮތީމައޭ މިހެން މިކިޔެނީ