ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލަނީ 25،325 މީހުން!

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ 25،325 މީހުންނަށް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޢިންތިހާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހުވަނީ ފެބްރުއަރީ 3 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އާއި ގުޅޭ މައުލޫމާތުތައް ދެއްވާފައެވެ.

ފަލާހު ވިދާޅުވީ، ކުރިއަށް އޮތް ޕްރައިމަރީގައި 149 ކެންޑިޑޭޓަކު 40 ދާއިރާއެއްގެ ޓިކެޓަށް ވާދަކުރާނެކަމަށެވެ. އޭނާ ވިދާޅުވީ ޕްރައިމަރީގެ ވޯޓުލުން 95 ރަށެއްގެ އިތުރުން މާލެ ސަހަރައްދުގައިވެސް ކުރިއަށް ދާނެކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 27 ފޮއްޓެއް ބެހެއްޓިފައި ހުންނާނެކަމަށް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި އިންތިހާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސްތައް އެހެނިހެން އަހަރުތަކާއި ތަފާތުވާނެކަމަށެވެ. ފަލާހު ވިދާޅުވީ، ކުރިން ބޭނުންކުރަމުން އައިސްފައިވަނީ ލޯސްކޮށް ހުންނަ ކަރުދާސްކަމަށެވެ. އެހެންނަމަވެސް މިފަހަރު ކައުންޓް ފޮއިލްގޮތުގައި ބަންދުކުރެވިފައި ހުންނާނެކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކަރުދާސްތައް ބަންދުކުރެވިފައިވާނީ 15 ކަރުދާސް އުރައެއްގައި އޮންނާނެ ގޮތަށްކަމަށާއި އެހެންނަމަވެސް އެ އަދަދު ހަމަނުވާ ނަމަ ބާކީ ކަރުދާސްތައް ލޫސް ތަކެތީގެ ގޮތުގައި ހުރެދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މި އިންތިހާބުގައި 25،325 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށެވެ. ފަލާހު ވިދާޅުވީ، މާލޭގައި ބޭނުންކުރާ ކަރުދާސްތަކާއި އަތޮޅު ތެރޭގައި ބޭނުންކުރާ ކަރުދާސްތަކާއިވެސް ތަފާތުވާނެކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ކުލައިން ތަފާތުކުރެވޭނެއިރު އަތޮޅު ތެރޭގައި ބޭނުންކުރާނީ ހުދު ކަރުދާސްކަމަށާް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިފަހަރު 93 ދާއިރާއެއް ކަނޑައެޅިފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީ 40 ދާއިރާއެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދަނީ ޕްރައިމަރީއަކާއި ނުލައި 53 ދާއިރާއެއްގެ ޓިކެޓު ކަށަވަރުވެފައިވާކަމަށްވުމުންކަަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދާއި އަޅާ ބަލާއިރު ވޯޓުލެވޭ މީހުންގެ އަދަދުތައްވެސް މަދުވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެ 40 ދާއިރާއަށް ނިސްބަތްވާ މީހުންނަށް ވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: