ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނެއް ނަގައިގެންވިޔަސް މަސްވެރިންގެ ފައިސާ ހަވާލުކުރާނަން: ރައީސް މުއިއްޒު

ޕީޕީއެމް/ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި، އަބްދުއްރަހީމް އަދި ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަވާލުކޮށްދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ގާތްވުމާއިއެކު މަސްވެރިންނަށް ނުލިބިހުރި ފައިސާތައް ދިނުމަށް އެދި ގޮވާލަމުންދާ އަޑުތައް ގަދަވުމާއިއެކު ރައީސް އޮފީހުންވަނީ އެ މައްސަލައަށް ހައްލުތަކެއް ގެނެސްދިނުމަށް މަސައްކަތްތައް ކުރަމުންދާކަން ހިއްސާކޮށްފައެވެ. އެގޮތުން މިފްކޯއިން ލޯނެއް ނަންގަވައިގެން ނަމަވެސް މަސްވެރިންނަށް ހައްގު ފައިސާތައް ލިބިގެންދާނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.

އެ އޮފީހުން މައުލޫމާތު ދީފައިވާގޮތުން ލޯނެއް ނަންގަވައިގެން ނަމަވެސް ހައްލުތަކެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދޅާުވީ، އާންމުން ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ރައީސް އޮފީހުން އަލަށް ފަށާފައިވާ ސިލްސިލާއެއްކަމަށްވާ “ރައީސްގެ ޖަވާބު” ގައި މަސްވެރިކަންކުރައްވާ ބޭފުޅަކުގެ ސުވާލަކަށް އަލިއަޅުއްވައިކަމަށް ބުނެފައިވެއެވެ.

ރައީސް ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ޖޭންޖެހޭ 250 މިލިއަނާއި ގާތް ކުރާ އަދަދެއްގެ ފައިސާ ހަވާލުނުކޮށްހުރިކަމަށެވެ. އެހެންމަވެސް މިހާރު ސަރުކާރުންވަނީ ދެ ފަހަރެއްގެ މަތިން 200 މިލިއަން ހަވާލުކޮށްފައިކަމަށްވާއިރު، އަދިވެސް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ނުދެވި ހުރި ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށެވެ. އަދި އެއަށްފަހު ކަންކަން އިންތިޒާމުވެގެންދާނީ ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވެގެން ނުދާނެ ގޮތަކަށްކަންވެސް ފާހަގަކުރެއްވިއެވެ

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: