ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ފަށާފައި ހުރީ އިންތިހާބަށް ކަޑަޖަހާ އުސޫލުން، ނަތީޖާއަކީ މަސައްކަތް މަޑުޖެހުން: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާ ދިމާކޮށް ކަޑަޖަހާ އުސޫލުން ވޯޓު ހޯދަން އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ރަށްރަށުގައި ފަށާފައި ހުރިކަން ފާހަގަކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އިންތިހާބުތަކަށް ވޯޓު ހޯދަން ފަށާ މަސައްކަތުގެ ނަތީޖާއަކީ ވަކި ހިސާބުން އެ މަޝްރޫއުއަކަށް މަޑުޖެހުމެއް އައުން ކަމަށެވެ. އެގޮތުން މަގުތައް ތަރައްގީ ކުރަން ނުވަތަ ނަރުދަމާގެ ހިދުމަތްދޭން ކޮނެފައިވާ ތަންތަން ހަމަ އެގޮތުގައި ހުރެ އަހަރުތަކެއް ވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަސައްކަތަށް ގެނައި އާލާތްތަކާއި ތަކެތި ހަލާކުވެ، މުޅި ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ދަތިތައް ދިމާވެފައިވާ މަޝްރޫއުތައް މަދެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މި ގޮތަށް ގާވެފައި ހުރި މަޝްރޫއުތައް ބަލައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއުތައް އަލުން ހިންގައިދޭން ފަށައިގެންފައިވާ ކަމަށެވެ. އަދި މިފަދަ އެތައް މަސައްކަތެއް ރަށްރަށުގައި ކުރަން އެބަހުރިކަމަށާއި ފެނުގެ ހިދުމަތް ރަނގަޅަށް ދެވޭ އޮތީ އެންމެ 66 ރަށްކަމަށްވެފައި ނަރުދަމާގެ ހިދުމަތް ރަނގަޅަށް ގާއިމުވެފައި އޮތީ 101 ރަށުގައިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ހިދުމަތް މި ދައުރުގައި ނިންމާލެވޭނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި ބަނދަރު ހަދައި ނިންމައިދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ރައީސް ވިދާޅުވީ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ތަރައްގީ ކުރުމާއި، މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: