ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުދިނުމުގެ ނަމުގައި 1 ބިލިއަން ބަހާލާފައިވޭ: ރައީސް

މޭޔަރާއި، ކައުންސިލް މެމްބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދައުރުގައި އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި މީހުންނަށް ބަހާލާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނީގެ އަދަދުތައް ހުރީ އިންތިހާއަށް މަތީގައިކަމަށާއި ލިބޭ އާމްދަނީއިން ދެކޮޅު ޖެއްސޭ ހާލަތުގައި އޮތީ ދެތިން ކުންފުނިކަން ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުންފުނިތަކުގެ އިދާރީ ހިންގުމާއި މުއައްޒަފުންނަށް ކުރާ ހޭދަވެސްވަނީ ރެކޯޑު އަދަދަށް އިތުރުވެފައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އާމްދަނީ ހޯދުމަށް ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުރުން ކުންފުނިތަކުގައި އުފެއްދުންތެރި މަސައްކަތްތައް ކުރެވޭ މިންގަނޑު ދަށްވެފައިވާކަންވެސް ތަކުރާރުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ދައުރުގައި އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި މީހުންނަށް ބަހާލާފައިވާކަމަށެވެ.

”އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ. ”

ރައީސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ދައުލަތުގެ ދަރަނިތައް އަދާކުރުމަށްޓަކައި ދުރާލައި ތައްޔާރުވުމަށް އުފައްދާފައިވާ ސޮވަރެއިން ފަންޑުގައި ހުރި ޑޮލަރުތައް ނަގައި މާރުކޮށްފައިކަމަށާއި އެއީ ވޭސް ވޭދުވެދިޔަ މަދު ދުވަސްކޮޅުގެ ތެރެއިން ފާހަގަކުރެވިގެންދިޔަ މައްސަލައެއްކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަންދާޒާކުރެއްވުނުވަރަށްވުރެވެސް މާލީ ހާލަތުހުރީ ގޯސްކޮށްކަމަށާއި އެކަންކަން ހައްލުކުރުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި މަސައްކަތްތައް ކުރެވިގެންދާަކަން ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރޭވުންތެރިކަމާއިއެކު ދުރުރާސްތާގައިވެސް މާލިއްޔާއަށް ހުރަސްތައް ކުޑަވެގެންދާގޮތަށް ކަންކަން ކުރުމަށް ވެސް މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ދަރަނި އަނބުރާ ދެއްކުމަށް ރާއްޖެއިން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރުކަަމށެވެ. އެހެންކަމުން އެންމެ އިސްކަމެއް ދެއްވާނީ ދަރަނި އަނބުރާ ޝެޑިއުލާއި އެއްގޮތަށް ދެއްކުމަށްކަމަށް ފާހަގަކުރެއްވިއެވެ. ރައިސް ވިދާޅުވީ އެ މަސައްކަތް އެކަން ކަށަވަރުކުރުމަށް ކުރެވިގެންދާ މަސައްކަތްތަކާއިއެކު ފިލްކަލް ހާލަތު ރަނގަޅުކޮށް ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނީގެ އަދަދުތައް ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: