ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިސްނާ ހާލަތްތަކުގައި ނޫނީ ސިޔާސީ އިސް މަގާމުތަކަށް މީހުންނެއް ނުނަގާނަން: ރައީސް

ވިލިމާލޭ މޫދަށް އެރޭ ސަރަޙައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާމެދު ކުރެއްވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްތިސްނާ ހާލަތްތަކުގައި ނޫނީ ސިޔާސީ އިސް މަގާމުތައް މީހުން އައްޔަނު ނުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ދިވެހިރާއްޖެގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާ ސަރުކާރުން ކޮށްފައިވާ ބައެއް މަސައްކަތްތަކާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މުހިންމު ބައެއް ކަންކަމާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވަނީ ދައުލަތުގެ މާލީ ހާލަތަށް ބަލައި މަޝްރޫޢުތަކުގެ މަސަައްކަތްތައް ބާހާލައިގެން ރޭވުންތެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމައި ބިނާކުރެވިގެންދާ ވަސީލަތްތައް ރައްޔިތުންނާއި ހިސާބަށް ވާސިލުކޮށްދިނުން އަވަސްކުރުންކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރެއަށް ދަރަނީގެ މައްސަލަވެސް ކުޑަކުރުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ސަރުކާރުގެ އަމިއްލަ އިސްލާމީ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅެމުންދާކަމަށާއި އެކަންކަމަކީ ރާއްޖެއަށް އުޖާލާ މާލީ މުސްތަގުބަލެއް ލިއްބައިދިނުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަން ކަމަށް ދެކިވަޑައިގަންނަވާކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުންވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތަކުގައި ނޫނީ ސިޔާސީ އިސް މަގާމުތަކަށަް މީހުން އައްޔަނު ނުކުރުމަށްވެސް ނިންމާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: