ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރުގެ ތަރައްގީގެއް ޕްލޭނެއް ހަދައި ގާނޫނީ ބާރުވެރިކަން ހޯދާނަން: ރައީސް

ފޮޓޯ: ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބަދަލުވުމުން ތަރައްގީގެ މަސައްކަތްތައް ހުއްޓިގެން ނުދާކަން ކަށަވަރުކުރުމަށް 20 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ގާނޫނީ ބާރުވެރިކަން ހޯއްދަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބާޔާން އިއްވަން ބޭއްވި ޖަލްސާގައި ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅެމުންދާ ވިސްނުންތައް ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމު އާބާދުކޮށް ރަށްވެރި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތްކަމަކަށް ހައްދަވައިދެއްވަން ވައުދުވެވަޑައިގެންފައިވާނެކަމަށެވެ. އެހެންކަމުން އެ ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުމަށް ނިންމާފައިކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަންކުރާނީ ރަށްތަކުގެ އާއިލާތަކާއި ހަމައިން ފެށިގެން ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންގެ ހިޔާލުތައް ހޯދައި އެކަންކަން ޝާމިލުކޮށްގެންކަމަށެވެ. އަދި ސަރުކާރު ބަދަލުވެގެންދާ ކޮންމެ ފަހަރެއްގައި ތަަރައްގީގެ މަޝްރޫޢުތައް ހުއްޓިގެންދިއުމަށް ޖާގަ ނުދިނުމަށްޓަކައި ރައްޔިތުންގެ ހިޔާލާއިވެސް އެކު އެކުލަވާލާ ޕްލޭނަށް ގާނޫނީ ބާރުވެރިކަންވެސް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: