ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ މިހާތަނަށް ވެރިއަކު އިއްވި އެންމެ ދޯހަޅި، އެއްވެސް އަސްލެއް ނެތް ރިޔާސީ ބަޔާން: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ސިޔާސީ ތާރީހުގައި ވެސް ވެރިކަން ކުރައްވާ ބޭފުޅަކު ދެއްވި އެންމެ ދޯހަޅި ބަޔާންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާދެއްވައި ރައީސް އިއްވެވި ރިޔާސީ ބަޔާން ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސް ވަނީ ބޮއިކޮޓުކޮށްފަ އެވެ. އެއީ ރުހުން ނެތް ވަޒީރުންތަކެއް، ވަޒީރުންގެ ނަމުގައި ޖަލްސާއަށް ހާޒިރުވާކަމަށް ބުނެ އެވެ.

ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި ސަރުކާރުން ރާވާފައި ހުރި މަޝްރޫއުތަކާއި ފެށުމަށް ގަސްތު ކުރާ މަޝްރޫއުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. އެކެމަކު އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި ރައީސްގެ ރިޔާސީ ބަޔާނުގައި، ރިޔާސީ ބަޔާނެއްގެ ސިފަ ނެތެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އީސަ ވިދާޅުވި ގޮތުގައި އޭނާ ހިތްހަމަޖެހޭ ފަދަ އެއްވެސް ވާހަކައެއް ރައީސް ނުދައްކަވަ އެވެ. އީސަ ގަބޫލު ކުރައްވާ ގޮތުގައި މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނަކީ، ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރައްވާ ބޭފުޅަކު ދެއްވި އެންމެ ދޯހަޅި، އެއްވެސް ސިޔާސަތެއް ޕްލޭނެއް ނެތް ރިޔާސީ ބަޔާނެވެ. އަދި ސިފަކުރި ގޮތުގައި އެ ބަޔާން އެންމެ ގާތް ކުރަނީ އާންމު ގޮތެއްގައި އިންތިހާބުތަކާއި ދިމާކޮށް ކެންޑިޑޭޓުން ރަށްތަކުގެ ގަސްދަށުގައި ތިބެ ދައްކަވާ ވާހަކަތަކެއްގެ ގޮތުގަ އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅު ސިޔާސީ ގޮތުން އެއްވެސް މިންވަރަކަށް ދެކޮޅު ނުޖެހޭކަމަށާއި، ގައުމުގައި ހުރި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް ގެންގުޅުއްވާ އެއްވެސް ޕްލޭނެއްގެ ތަފްސީލު ނުދެއްވާކަމަށް އީސަ ވިދާޅުވި އެވެ.

މިސާލަކަށް ފާހަގަކުރަން ބޭނުން.. ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ މަސްތުވާތަކެތި.. މަސްތުވާތަކެތީގެ ވާހަކަ ނުވެސް ދައްކަވައި ރިޔާސީ ބަޔާނެއް އެ ނިންމަވާލެއްވީ.. ހަމައެކަނި ވެރިއަކީ އަޅުގަނޑުގެ ހަޔާތުގައި ޑރ. މުއިއްޒު..

މަސްތުވާތަކެތީގެ ވާހަކަ ރިޔާސީ ބަޔާނުގައި އަންނަން ޖެހޭ ސަބަބެއްކަމަށް އީސަ ވިދާޅުވީ ގައުމުގެ ސަލާމަތަށް ވެސް ނުރައްކާވާ މިންވަރަށް އެކަން ގޮސްފައިވުމެވެ. އަދި ހިސާބުތަކުން ދައްކާ ގޮތުގައި، މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރާއި އެ ކުށުގައި ހައްޔަރު ކުރަން ޖެހޭ ޒުވާނުންގެ އަދަދު އިތުރުކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެކަން ގަބޫލު ކުރައްވައި، އެއީ ހައްލު ގެންނަން ޖެހޭ ފަދަ މައްސަލައެއްކަމަށް ދެކޭތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ ރިޔާސީ ބަޔާނެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލައިގެ ވާހަކަ ގެންނެވިކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ ރިޔާސީ ބަޔާންތަކަށް ރައްޔިތުން އަބަދުވެސް އިންތިޒާރު ކުރާކަމަށާއި، އެއީ އެ ރައްޔިތުންނާއި ގުޅިފައިވާ އެތައް ވާހަކައެއް އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުންކަމަށް ވީތީ ކަމަށެވެ. އަދި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވާ އެއް ވަސީލަތަކީ އެއީކަމަށް ވެސް އީސަ ވިދާޅުވި އެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: