ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ތަސައްވުރު ފުރިހަމަވުމުން ބޭރަށް ނުގޮސް ގިނަ ހިދުމަތްތައް ލިބޭނެ: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ސިއްހީ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގެ ނިޒާމު ބައްޓަންކުރެވި ނިމޭއިރު ބޭރު ގައުމުތަކަށް ނުގޮސް ގިނަ ފަރުވާތައް ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން ދެއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމާއިމެދު ވާހަކަަދައްކަވާފައެވެ. އަދި އެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް ސަރުކާރުން ގެނައުމަށް ވިންސާފައިވާ ހައްލުތައްވެސް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށްތަކުގައި ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރާއިރު ކޮންމެ ރަށެއްގައިވެސް އެ ރަށަކާއި އެކަށީގެންވާ ލެބޯޓަރީއެއް ގާއިމުކޮށްދެއްވާނެކަމަށެވެ. އަރި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން މި އަހަރު ފަށާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ނިމުމުން މާލެ ނައިސް ރަށާއި ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގު ފަހިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ފަރުވާ ދޭ ޙާއްސަ ހޮސްޕިޓަލެއް ލ އަތޮޅުގައި ތަރައްގީކުރައްވާނެކަމަށާއި ކެންސަރަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލަކާއި ތެލަސީމީ ކުދިންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން އަންހެން ކުދިންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއްވެސް މި ދައުރުގައި މާލެ ސިޓީގައި ބިނާކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒުވަނީ ދިވެހިރާއްޖޭގައި ކުއްލި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން އެ ހާލަތުގައި ދުރު ދަތުރުތައް ކުރުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތްތައް ކުރިއަށް އޮތް މާޗު މަހުގައި ރާއްޖޭގައި ދޭން ފެށިގެންދާނެކަމަށާއި ތައްޔާރީތައް ކުރެވެމުންދާކަން ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ފުރިހަމަ ވުމާއިއެކު ރާއްޖެއާއި ރާއްޖެއިން ބޭރަށްވެސް އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުންނާނެކަމަށް ވިދާޅުވިއެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: