ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު މީގެ ކުރިން ބެލެހެއްޓިފައި ނުވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި މީގެ ކުރިން އެ ސަރަހައްދު ބެލެހެއްޓިފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ކަނޑުގެ ސަރަހައްދު މީގެ ކުރިން ބެލެހެއްޓިފައި ނުވާއިރު ކަނޑުގެ ސަރަހައްދަކީ މިއަދުވެސް ރައްޔިތުން އިގްތިސާދީ ފައިދާ ހޯދަން ހުރި ސަރަހައްދުކަމަށެވެ. އެތަނަކުން އެކަށީގެންވާ ގޮތުގައި މަސްވެރިކަން ނުކުރެވޭ ކަމަށް ރައިސް ވިދާޅުވިއެވެ.

މިއަދު ޓޫރިޒަމްގެ ދާއިރާއަކީ ރާއްޖެއަށް އެންމެ މުހިންމު ދާއިރާކަމަށް ވިނަމަވެސް، މަސްވެރިކަން ފުޅާ ކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެވެސް ފައިދާވާނެ ދާއިރާއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިގްތިސޯދީ ސަރަހައްދަކީ މަސްވެރިކަމުގެ ދާއިރާއަށް ބަލައިގެން ވިނަމަވެސް ހިމާޔަތް ކުރަންޖެހޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވއިެވެ.

ރައީސް ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު ސަލާމަތްކުރުމަށްޓަކައި ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައިވެސް އެ ސަރަހައްދު ބަލަހައްޓަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެކަން މިއަދާ ހަމައަށް ވެސް ނުވެ އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެން ބަޔަކު ގެނެސްގެން އެ ސަރަހައްދު ބެލެހެއްޓުމަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަމިއްލަ ގޯތީގެ އިންފާރުގެ ތެރޭގެ ކަންކަން ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކުތޯ ނުވަތަ އަމިއްލަ ކެޕޭސިޓީ އިތުރުކޮށްގެން ތޯ އެއީ މިއަދު އުފެދިފައިވާ ސުވާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިދެންނެވީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމިއްލަ ބާރުގައި، އަމިއްލަ ކެޕޭސިޓީގައި މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް ރައީސް ވިދާޅުވއިެވެ. މިވާހަކަ މިފަދައިން ރިޔާސީ ބަޔާނުގައި ވިދާޅުވުމުން އެކަމަށް އެތަށް ބައެއްގެ ފާޑުކިއުން އަމާޒުވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުދެކެ ލޯބިވާ ނުވަތަ ދިވެހިވަންތަ ބަޔަކު އެފަދަ ވާހަކައެއް ދައްކައިގެންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރާވާ ވާހަކަ ދެއްކުމުން އެކަމަށް ދޭން ޖެހޭނީ ހިއްވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: