ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން އޮތީ އިގްތިސާދު ހަލާކުކޮށްލާފައި، މިހާރު މިކުރަނީ ހައްލުކުރުމުގެ މަސައްކަތްތައް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނު އިރު ކުރީގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލާފައިކަމަށާއި މިހާރު ސަރުކާރުން ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާއިރު، އެ ހައްލުތަކަށް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ ތައުރީފު ލިބެމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރައްވާ ދަތުރުގައި ކޮޅުމަޑުލު ކަނޑޫދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ، މާޒީގައި ތ އަތޮޅު މިހާބޮޑަށް “ރާޑަރުން ކައްސާލާ ފަހަތަށް ގޮސް އޮތް އޮތުން” ނިމުމަކަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތ އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ ތަރައްގީވެފައިވާ ރަށްތަކަކުން އެކުލެވޭ އަތޮޅަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ، ކަންކަން ނުވެ އޮތްނަމަ އެ ވާހަކައެއް ދައްކަން ވާނެކަމަށާއި ރައްޔިތުން ސަރުކާރެއް އިންތިހާބުކުރަނީވެސް ކަންކަން ކޮށްދިނުމަށްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ސަރުކާރުން ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަގީންކަމަކީ މި ދިގު މާޒީގައި މި އަތޮޅު މިހާ ބޮޑަށް ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް އަޅުގަނޑު ގެނެސްދޭނަމޭ، އިރާދަކުރެއްވިއްޔާ މި އަތޮޅަކީ ތަރައްގީގައި ހަމަ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ ތަރައްގީ ވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް އަޅުގަނޑުމެން މި ސަރުކާރުން ހަދައިދޭނަމޭ

ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ އެއްކޮށް ހަލާކުކޮށްލާފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދަނީ ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން ކަމަށާއި ދާދި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ބައިނަލްއަގުވާމީ މާލީ ވުޒާރާއަކުންވެސް ދިރާސާތައް ކުރުމަށްފަހު ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އެކަށީގެންވާކަމަށް ބުނެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަމިއްލައަށް އިސް ނަގައިގެން ކުރަން ފަށާފައިވާ ކަންކަމަކީ ވަރަށް ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއްކަމަށް އިންޓަނޭޝަނަލް މޮނެޓަރީ ފަންޑު (އައިއެމްއެފްއިން) އެ ވުޒާރާއިން ޝާއިއުކޮށްފައިވާ ބަޔާނުގައި ފާހަގަކޮށްފައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި އެކަމުގެ ފޮނި މީރުކަން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: