ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތި ލުމަަށް ފުރުސަތު ހުޅުވައިލައިފިއެވެ.

އެމްޑީޕީން ބަޔާނެއް އާންމުކޮށް ބުނީ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

އެހެންކަނުން އެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އެ ޕާޓީންވަނީ އިއުލާންކޮށްފައެވެ.

ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއި އެކު ޕާޓީގެ ވެބްސައިޓުގައިވާ ގޫގުލްފޯމް ފުރިހަމަކޮށް ހުށައެޅުމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޔަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. ހުސްވެފައިވާ އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ސާލިޙް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމް ހުސްވެފައި ވަނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވުމުންނެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ރައީސް ސާލިޙް އައްޔަން ކުރުމަށް ފާސްކުރުމުގެ އިތުރުން ރައީސް ސާލިޙްގެ ސަރުކާރުގައި ކެބިނެޓް ވަޒީރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުން ގައުމީ މަޖިލީޙުގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅުމަށް ވެސް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: