ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިސްރާބު ރަނގަޅެއް ނޫން، : ސާލިހު

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ވެރިކަން ކުރި މީހެއްގެ ހައިސިއްޔަތުން ގައުމު މިދާ މިސްރާބު ބަލަން ލޯ މަރާލައިގެން ހުރެވެން ނެތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިފާނު މިހެން ވިދާޅުވީ 20 ވަނަ މަޖިލީހަށް ހިންވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ، މިހާރުގެވެސް އެ ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، އެމަނިކުފާނުގެ އުފަން ރަށް ހިންވަރުގައި ހުންނަވައެވެ.

ރައީސް ސާލިހު ވިދާޅުވީ އެކުގައި ގުޅިގެން މަސައްކަތް ނުކުރެވިއްޖެނަމަ ރާއްޖެ ވެއްޓިގެންދާނެ ފުން އަނދަވަޅު އޮތީ ފެންނަންކަމަށެވެ.  އަދި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އޭރުވެސް އަދި މިހާރުވެސް ޕީޕީއެމް/ޕީއެންސީއިން ހަދަމުން ދިޔައީ ދޮގުކަމަށް ވިދާޅުވިއެވެ. އެ މަންޒަރު އޭރު ރައްޔިތުންނަށް ސާފު ނުވެ އޮތް ނަމަވެސް، މިހާރު މި މަންޒަރުތައް ސާފުވެ، ތިލަވަމުންދާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ މިކަންކަމާއިމެދު ރާއްޖޭގެ ރައްޔިތުން މިއަދު ހިތާމަ ކުރާކަމަށެވެ. އަދި މި ހިތާމަ މިހާރު މި ވަނީ އިހުސާސްވާން ފަށާފައިކަމަށް ވިދާޅުވިއެވެ.

މިރާއްޖެ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ.

ރައީސް ސާލިހު ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފެށިކަމަށެވެ. އެގޮތުން އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދިނުމަށްޓަކައި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި، ސިއްހަތާއި ތައުލީމާއި އަދި ލަފާފުރުމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންގޮސްފައިވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށްފަހު މި މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މި އިންތިހާބުން ބޮޑު އަގުލަބިއްޔަތެއް އެ ޕާޓީއަށް ލިބެނޭކަމަށެވެ. މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށްފަހު އެމްޑީޕީގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ ސަރުކާރު ހަމަ މަގަށް އެޅުވުމަށްކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ އަރިހުގައި ދޮގު ނުހެދުމަށް ދަންނަވާނެކަމަށާއި، އޯޅުވާނުލުމަށް އެދިވަޑައިގަންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 95%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: