ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރައީސްގެ މަގާމަަށް ޝާހިދު ކުރިމަތި ލުމަށް ނިންމައިފި

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

ޝާހިދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ ބަލާލިކޮންމެދިމާލަކުންވެސް ފެންނަން އޮތް ކަމެއް ކަމަށެވެ.

ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް ކަން ކުރައްވާފައެވެ.ޗއެމްޑީޕީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އައްޔަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. އަދި ހުސްވެފައިވާ އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް ސާލިޙް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އެމްޑީޕީގެ ރައީސްގެ މަގާމް ހުސްވެފައި ވަނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވުމުންނެވެ.

އެހެންނަމަވެސް ފަހުން އެމްޑީޕީން ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ހުޅުވާލާފައެވެ. އެމްޑީޕީއިން ކުރި އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: