ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކައުންސިލްއަށް އެއްބާރުލުން ނުދިނުމުން ވާގޮތުގެ ހިތި ތަޖުރިބާ ކުރިން: ރައީސް

ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިއަ ޖަލްސާގެ ތެރެއިން ..... ފޮޓީޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން ވާގޮތުގެ ވަރަށް ހިތި ތަޖުރިބާ ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވި ހުރި ކަމަށާއި އެހެންކަމުން މި ސަރުކާރުން ކައުންސިލްތަކަށް އެ ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ކައުންސިލްތަކަށް ވަކި ވުޒާރާއެއް ހަދައި ކައުންސިލްތަކުގެ ހިންގުން އެ ވުޒާރާއާއި ހަވާލުކުރެވުނީވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތަކުން ކުރާ ހުރިހާ ކަމަކަށް ދުވަހުން ދުވަހަށް ގަޑިން ގަޑިޔަށް ކަންކަންކޮށްދޭ ނިޒާމެއް އޮތުމަކީ މައިގަނޑު މަގްސަދު ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވި ހުރިހާ ރަށެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ހަމަހަމަކަން ގެންގުޅުއްވާނެ ކަމަށެވެ.

“ކެމްޕެއިންގައި އަޅުގަނޑު ވައުދުވިން އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެގެންނެއް ކުރިންފަށާފައި ހުރި މަޝްރޫއުތައް ހުއްޓާ ނުލާނެކަމަށް. ފަށަންވެފައިވާ ކަމެއް ނުފަށާ ދޫކޮށް ނުލާނެ ކަމަށް. އެއްވެސް ތަފާތެއް ނުކުރާނެ ކަމަށް. އެއީ ރައްޔިތުންނަށް ތެދުވެރިކަމާއެކު މަސައްކަތް ކުރާ ގޮތަކީ” ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މަގުތައް ހެދުމަށްޓަކައި ދެވަނަ ފިޔަވެއްސެއްގެ މަސައްކަތް ފަށަން ޖެހިފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުންއެ މަސައްކަތް މިއަދު 50 އެއްހާ މަގުގެ މަސައްކަތް ކުރުމަށްޓަކައި 12 ވަރަކަށް ކިލޯމީޓަރުގެ މަސައްކަތް އޭގައި ހިމެނޭ ގޮތަށް އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: