ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިިދިއްގަރުފަޅު ނޫން ބުނި ހުރިހާ ކަމަކަށް ބަޖެޓުގައި ފައިސާ ހިމެނިން: އިލްޔާސް

މެމްބަރު އިލްޔާސް ލަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓު އެކުލަވާލި އިރު ފުށިދިއްގަރުފަޅުގެ މަސައްކަތްތައް ނޫނީ ސަރުކާރުން ހުށައެޅި ހުރިހާ ކަމެއް ހިމަނާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީޙުން ފާސްކޮށްފައިވާ ބަޖެޓުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް މިނިސްޓަރ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުފައިވާއިރު، މެމްބަރު އިލްޔާސްވަނީ މިނިސްޓަރ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީ އަދި މަޖިލީސްގެ ގަވައިދުގައިވެސް ތެދު ބަހުން ޖަވާބުދެއްވުމަށް ބަޔާންކޮށްފައިވާނެކަމަށެވެ. އިލްޔާސް ވިދާޅުވީ، ރައީސްގެ ވައުދުތައް ފުއްދަވަން ބަޖެޓުގައި ފައިސާ ނެތް ވާހަކަ ވަޒީރު ވިދާޅުވެފައިވާކަމަށެވެ.

“ބަޖެޓު ފާސްކުރިއިރު ސަރުކާރުން ވިދާޅުވި ހުރިހާ ލާރިއެއް ބަޖެޓުގައި ހިމަނާފައިވާނީ، ހަމައެކަނި ފުށިދިއްގަރުފަޅު ނޫނިއްޔާ” އިލްޔާސް ލަބީބް

އެހެންނަމަވެސް ބަޖެޓު ފާސްކުރިއިރު ސަރުކާރުން ބުނި ހުރިހާކަމަކަށް ފައިސާ ހިމަނާފައިވާނެކަމަށާއި ހަމައެކަނި ނުހިމަަނަނީ ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަަމުން މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ބޭނުންވާ ކޮންކަމެއްގެ ފައިސާތޯ ނުހިމަނަނީ އޭނާ ސުވާލުކުރެއްވިއެވެ. އިލްޔާސް ވިދާޅުވީ، ޝިޔާމް ހައްދަވާފައިވަނީ ކަނޑައެޅިގެން އިތުރުފުޅެއްކަން އެނގިވަޑައިގަންނަވާކަމަށްވުމުން އެ ވާހަކަ ފާހަގަކުރެއްވީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: