ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ނިޔާޒްގެ ރަށްދު އިލްޔާސްއަށް: އެމްޑީޕީ މެމްބަރުންގެ ސޮއި ހޯދީ ނުފޫޒު ފޯރުވައިގެންނޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕިއިން އެ ޕާޓީގެ މެމްބަރުންގެ ސޮއި ހޯދީ ނުފުޒު ފޯރުވައިގްނެކަމަށް ރައްޔިތުންގެ މަޖިލީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކައަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ރައްދު ދެއްވައިފިއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ސޮއި ހޯދަން އެމްޑީޕީ މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މެމްބަރުން ވެސް އެ ވާހަކަތައް ވިދާޅުވެފައި އެބަހުރި ކަމަށެވެ. އަދި ހުދު ރައީސް ނަޝީދު އަރިހުގައިވެސް ބައެއް މެމްބަރުން މި ވާހަކަތައް ވިދާޅުވެފައި އެބަހުރި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ އަލީ ނިޔާޒް ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި މެންބަރުންގެ އިތުރަށް ސޮއިކުރަންވެސް އަދި ވޯޓްދޭން ވެސް ގިނަ މެމްބަރުން ތިބި ކަމަށް ވިދާޅުވިއެވެ.

“ވޯޓަށް ނުފިލާ މެމްބަރުންނަށް ގޮތް ނިންމުނަށް ފުރުސަތު ދެއްވާ. ނަތީޖާ އެނގޭނީ އެއިރުން.” އަލީ ނިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކުއެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވިފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީއެވެ.

މި މައްސަލަ މަޖިލީހުގައި ކުރިއަށްނުދާތީ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު އެ ކޯޓުގައި ކުރިއަށްދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: