ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި 10 އަހަރަށް ބަލާއިރު ބަޖެޓް ކުރެވޭ މިންވަރަށްވުރެ ރިކަރެންޓް ޚަރަދު ބޮޑު: އިލްޔާސް ލަބީބް

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ސާފުކޮށް އެނގެން އޮތް ކަމަކީ ބަޖެޓް ކުރެވޭ މިންވަރަށްވުރެ ރިކަރަންޓް ޚަރަދު ބޮޑުވާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓުގައި އަންދާޒާކޮށް ހިމަނާފައިވާ އަދަދަށްވުރެ ރިކަރެންޓް ޚަރަދު 1.4 ބިލިއަން ރުފިޔާ އިތުރަށް ބަޖެޓުން ޚަރަދު ކުރާ ކަމަށެވެ. އެގޮތަށް މިކަން ދެމިގެން ގޮސްފައިވާތާ ފާއިތުވި 10 އަހަރުގެ ބަޖެޓަށް ބެލުމުން ސާފުކޮށް ފެންނަން އެބަ އޮތްކަމަށް ވިދާޅުވިއެވެ.

ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ހިސާބުތަކާއި ދޭތެރޭ ކަންބޮޑުވާކަމަށެވެ.

މި އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ 40 އިންސައްތަ ބޭރުގެ ހިލޭ އެހީއާއި ލޯނަށް ބަރޯސާކޮށްފައި އޮތުމަކީ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ރިކަރެންޓު ޚަރަދުތައް ބޮޑުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެކަމަށް ސަމާލުކަން ދީ، ކަންކަން ބަދަލުކުރެވިގެން ނޫނީ ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތު ގާއިމް ނުކުރެވޭނެ ކަމަށް އިލްޔާސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ވޭތުވެދިޔަ އަހަރުތަކުގައި، ކޮންމެ އަހަރަކު ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބޮޑެތި އަދަދުތައް ޖަހާފައި ހުރި ނަމަވެސް، އެއާއި ގާތްކުރާ އަދަދަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާގެ އެހީ ލިބިފައި ނުވާކަމަށާއި، މިހާރު ހުށައަޅާފައިވާ ބަޖެޓަށް ބަލާއިރު، 40 އިންސައްތަ ބަރޯސާ ވަނީ ބޭރު ގައުމުތަކުން ދޭނެކަމަށް ލަފާކޮށްފައިވާ ލޯނާއި ހިލޭ އެހީއަށް ކަމަށް ވިދާޅުވިއެވެ. ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ބޭރު ގައުމުތަކުން ލިބޭނެކަމަށް ބަލާ ހިމަނާފައި އޮތުމަކީ ބަޖެޓު ތަންފީޒު ކުރެވިދާނެ ކަމާއި މެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

“50 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒުކުރުމަށް އަޅުގަނޑުމެންގެ ބަޖެޓުގެ 40 ޕަސެންޓު ޑިޕެންޑު ވަނީ ރާއްޖެއިން ބޭރުން ނަގާ ލޯނުތަކަށާއި، ހިލޭ އެހީއަށް. ކިހެނެއްތޯ މިހެން މި ދައުލަތުގެ ބަޖެޓު ހިންގަނީ؟ އަޅުގަނޑުމެންގެ ދައުލަތުގެ ބަޖެޓަކީ ބޭރު ގައުމުތަކުގެ ބޭންކުތަކަށް ސަލާން ޖަހައިގެން ހިންގާ ބަޖެޓަކަށް ވެ ނިމުނީ ނޫންތޯ؟” އިލިޔާސް ލަބީބު ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ބަޖެޓުގެ މިހާ ބޮޑު އަދަދެއް ބޭރު ގައުމުތަކަށް ބަރޯސާ ކުރުމަކީ އިޤްތިޞާދީ ގޮތުން މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް، ދައުލަތުގެ ބަޖެޓު ބޭރު ގައުމުތަކަށް ބަރޯސާކޮށްފައި އޮތް އޮތުން ބަދަލުކުރަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވަނީ ބަޖެޓުގައި ރިކަރެންޓު ޚަރަދުގެ ގޮތުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް އަލިއަޅުވާލައްވާ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: