ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

48 ގަޑިިއިރުން ފައިސާ ދެވޭ ހިސާބަށް ސިނާއަތުގެ މަސައްކަތްތައް ކުރިއަށް ޖައްސާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް 48 ގަޑިިއިރުގެ ތެރޭގައި ފައިސާ ދެއްކޭނެ މަގު ފަހިކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަރަސްމާތޮޑާގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒުވަނީ ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފަރެސްމާތޮޑާގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ތަރައްގީގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ، އެ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ދައްކަން ޖެހިފައިވާ 9 ބިލިއަން ރުފިޔާ ދެއްކުމުގެ މަސައްކަތްތަކާއި ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނިތައްވެސް ބަންގުރޫޓު ނުވެ ދައްކާނެކަމަށާއި ރާއްޖެ އެފަދަ ހާލަތަކަށް ވެއްޓިއްޖެ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ސަރުކާރުގެ މުއައްޒަފުންނަށް މުސާރަ ދިނުމާއި، ތެލަށް ބޭނުންވާ ފައިސާ ދެއްކުމުގެ އިތުރުން އަސާސީ އާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައްވެސް އެއް ވަގުތަކާއި ކުރިއަށް ގެންދާކަމަށާއި ހަގީގަތަކީ އެއީކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ ހަގީގަތް ގަބޫލުކުރައްވާ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ހަމަ އެގޮތުގެ މަތިން މަސްވެރިކަމާއި އެހެނިހެން ސިނާއަތުގެ ކަންކަންވެސް ކުރިއަށް ދާނެކަމަށެވެ. ރައީސް ވިދާޅުވީ، އެ ހުރިހާ ސިނާއަތަކަށް އާރޯކަން ގެނެސްދެއްވާނަކަމަށާއި ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ވެވަޑައިގެންފައިވާ އެއްވެސް ވައުދެއް ހަނދާން ނުނެތޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކެމްޕެއިން ދުވަސްވަރުން ފެށިގެން ދެއްކި ހުރިހާ ވާހަކައެއް ހުންނާނީ ރެކޯޑުކުރެވިފައިކަމަށާއި ފޮތެއްގެ ގޮތުގައި އެކުލަވާލާ އާންމުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑު ކަންކަން ކުރަން ބޭނުންވެގެން އެ ވާހަކަ ދެއްކީ، ވައުދުވީ ވައުދު ފުއްދަން ބޭނުންވާތީ އިރާދަކުރެއްވިއްޔާ ވައުދުތައް ފުއްދަމުންދާނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކޭ ހިސާބަަށް އަޅުގަނޑު ގެންދާނަން އިރާދަކުރެއްވިއްޔާ އަޅުނޑުމެންގެ ސަރުކާރުން” ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ، އެ ވާހަކަތައް އެ ހުރީ ރަސްމީ ކުރެވިފައިކަމަށާއި ފަރެސްމާތޮޑާގެ ކައުންސިލާއިވެސް ފޮތެއް ހަވާލުކުރެއްވިކަމަށް އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ 1024 ސޮފްހާގެ ފޮތެއްކަމަށާއި ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ފޮތުގެ ޑިޖިޓަލް ވާޝަން ލިބެން ހުންނާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ފޮތެއްގެ ގޮތުގައި އެކުލަވާލީ ދެ ފުށް ފެންނަ އުސޫލުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށްކަމަށާއި ކަންކަން ރަނގަޅަށް ނުދާނަމަ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރުމަށްވެސް ފުރުސަތު ފަހިކުރެއްވުމުގެ ގޮތުންކަމަށެވެ. ރައީސް ވިދާޅުވީ، ވައުދުތަކެއް ވެވަޑައިގެންފައިވަނީ އެ ކަންކަން ކޮށްދެއްވަން ބޭނުންވެވަޑައިގަންނަވާތީކަމަށާއި އެހެންކަމުން ވައުދުތައް ފުއްދަވަމުން ގެންދަވާނެކަމަށެވެ.

ރައީސް ވިދާޅުވީ، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްކޭނެ ހިސާބަށް ސިނާއަތުގެ މަސައްކަތްތައް ހަރުދަނާކޮށްދެއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަމަށާއި އެހެންނަމަވެސް ކުރިން ހިއްސާކުރެއްވީ އެ ހިސާބަށް ވާސިލުވުުގައި ދަތިތައް ހުރި ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިން އެ ވާހަކަތައް ބަލައިގަތުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: