ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ޑޮލަރުން ފައިސާ ދޫކުރާނެކަމަށް ވި ވައުދާ ސަރުކާރުން ވަނީ ހިލާފުވެފައި: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވި ނަމަވެސް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ވަނީ  އެވައުދާއި ހިލާފުވެފައި ވާކަމަށް އިދިކޮޅުމައި ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ލަސްތަކެއް ވެގެން ދޮއުމުގެ ސަބަބުން މަސްވެރިން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށް އިހުތިޖާޖުވެސް ކުރަން ފަށާފައެވެ. އެހެންކަމުން މިމައްސަލަ އާއި ގުޅިގެން އެމްޑީޕީ އިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެމްޑީޕީން ބުނެފައިވަނީ ރަމަޟާން މަސް ބޯމަތިވެފައިވާއިރު މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް މަސްވެރިންނަށް ދޫކޮށްފައި ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީއިން ވަނީ ގޮވާލައިފައެވެ.

ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަނީ ދޫކޮށްފައިވާ ކަމަށް އެޕީޓީން ވަނީ ބުނެފައެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ ސަރުކާރުުގެ ނާގާބިލްކަމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ މަސްވެރިންނަށް ފައިސާ ދޫނުކުރި ކަމުގައިވީ ނަމަވެސް ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަމަށެވެ. މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުން ދާކަމަށާއި އެކަން ޕާޓީން ބަލައިނުގަންނަ ކަމަށެވެ.

މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދައި އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް އެމްޑީޕީން ކުށްވެރިކުރާ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ބަޔާނުގައި ވަނީ ރަމަޟާން މަހަށް ފަހު މަސް ގަންނަ އަގު 15 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް މަސްވެރިންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ދޭން ޖެހޭ ހަމަ އަގު އަދާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: