ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވަނީ ދިވެހިންގެ ޖީބަށް ބޮޑެތި ލުއިތަކެއް ގެނެސްދެއްވާފައި: އަސްވާޑު

މިނިސްޓަރު އަސްވާޑު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހަައްމަދު މުއިއްޒުވަނީ ދިވެހި ރައްޔިތުންގެ ޖީބަށް ލުއިވެގެންދާފަދަ އައު ގިނަ ކަންކަން މަދު ދުވަސްތަކެއްގެ ތެރޭގައި ފައްޓަވާފައިކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު(އަސްވާޑު) ވިދާޅުވެއްޖެއެވެ.

ގއ ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްވާޑުވަނީ ސަރުކާރުން ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނުވަނީ ހަރަކާތްތެރި ކެބިނެޓެއް މެދުވެރިކޮށް ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެފަދަ ގިނަ ހައްލުތަކެށް ގެނެސްދެއްވާފައިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ޖީބަށް ލިބުނު ބަައި ހަގީގަތުގައި ވަރަށް ބޮޑުކަމަށާއި އެންމެންވެސް ރަނގަޅަށް ވިސްނާލުމުން ލިބުނު އެކަން ގަބޫލުކުރެވޭނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޒުވާނުންގެ ތެރޭގައާއި ހަރު އުމުރުފުރައިގެ މީހުންގެ ތެރޭގައިވެސް ކުދިން ހޯދުމުގެ ދަތިތައް ހުރިކަމަށާއި އެކަމަށް ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ އަތުން ހޭދަކުރަމުންދާކަމަށްވެސް އަލިއެޅުއްވިއެވެ. އަސްވާޑު ވިދާޅުވީ، ކުރަން ޖެހޭ ހޭދައިގެ ބޮޑުކަމުގެ ސަބަބުން އެކަން ނުކުރެވިތިބި އެތައް ބަޔަކު ތިބިކަން ފާހަގަކުރެވުމުނު ރައީސްވަނީ އެކަމަށް ލުޔެއް ލިއްބައިދިނުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ރާއްޖެއާއި ގައުމުން ބޭރުންވެސް އެކަން ކުރެވޭނެ އިންތިޒާމުތައް ހަަމަޖައްސައިދެއްވާފައިކަމަށާއި އެއީ ރައްޔިތުންގެ ޖީބަށް ލިބިގެންދާ ބޮޑު ލުޔެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހާޑް ކޭޝް ނުދިން ނަމަވެސް އެއީ ހަމަ ރައްޔިތުންގެ ޖީބަށް ލައްވައިދޭ ފައިސާކަމަށާއި ތެލެސީމިއާގެ ހިދުމަތްތައް ބޭނުންވާ ކުދިިންނަށް ބޯންމެރޯގެ ހާއްސަ މަޝްރޫޢޫއެއްވެސް ފައްޓަަވާފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އާއިލީ ނުވަތަ ގާތް މީހަކަށް އެކަމުން މަންފާތައް ކުރާނަމަވެސް އެއީވެސް ރައީސް މުއިއްޒު ދެއްވަން ފެއްޓެވި ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވާކަމަށް ވިދާޅުވިއެވެ.

އަސްވާޑު ވިދާޅުވީ، ރައީސް މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ދުރު ވިސްނުންފުޅާއިވެސް އެކު ހައްޖަށް ދާން ބޭންވެފައިތިބި މީހުންނަށް އެ މަގުފަހިކޮށްދެވިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މެޑިކަލް ޗެކަޕެއް ނެހެދިގެން ބައްޔެއް ހުރިކަން ނޭނގިތިބެ ލަސްވުމުގެ ސަބަބުން އެތައް ބަޔަކު ނިޔާވެފައިވާކަމަށާއި އެކަމަށް މިހާތަނަށް ހައްލެއް ގެނެސްދީފައިނުވާއިރު، ރައީސް މުއިއްޒުވަނީ ވެރިކަމާއި ހަވާލުވެވަޑައިގެން މިހާރު ބޮޑެތި ލުއިތަކެއް ހަމަޖައްސަވާފައިކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަަރު ވިދާޅުވީ، އެމަނިކުފާނުވަނީ ވަކި އުމުރުފުރައަކުން މަތިވުމުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތަށް ކަނޑައަޅުއްވައިދެއްވާފައިކަމަށެވެ. އަސްވާޑު ވިދާޅުވީ، އެކަންކަމަކީ އެމަނިކުފާނު ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެއީ ރައްޔިތުންގެ ޖީބަށް ލިބިގެންދިޔަ ލުއިތަކެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ބައެއް ވެރިން ކުރެއްވީ މެޑިކަލް އިންޝުއަރެންސްގެ ނަން ބަދަލުކުރެއްވުން ފަދަ މަސައްކަތްތައްކަމަށާއި އެހެންނަަމަވެސް ކުރިން އަލިއެޅުއްވި ކަންކަމަކީ މި ސަރުކާރުން މުޅިން އަލަށް ރާއްޖޭގައި ފަށާފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދަށް ވެރިކަމަށް ވެފައިވަނީ ތިން މަހާއި ހަތަރު ދުވަސްކަމަށެވެ. އަސްވާޑު ވިދާޅުވީ، ތިން މަހާއި ހަތަރު ދުވަހުގެ ތެރޭގައި މިހާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ރައީސްއަކު ދިވެހި ތާރީހުގައިވެސް ނުހުންނާނެކަމަށެވެ. އެހެންކަމުން ރައީސްއަށް އެއްބާރުލުން ދޭންޖެހޭނެކަމަށާއި އެމަނިކުފާނު ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގުމަށް އަމުރު ނުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: