ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރުގެ ބަޖެޓު އޮތީ ބޭނުންވާ ގޮތަށް މަސައްކަތްކުރެވޭ ގޮތަކަށް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ އެމަނިކުފާނުގެ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކަށް ފަހިވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައީސްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވި، ރަށުގެ ކައުންސިލުގެ ފަރާތުން ރަށަށް ބޭނުންޖެހިފައިވާ ކަންކަމުގެ މައުލޫމާތު ދެއްވާފައިވާކަމަށާއި އެކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހެލްތު ސެންޓަރަށް ދެ ޑޮކްޓަރުން ހަމަޖެއްސުމާއި އޭޓީއެމްއެއް ބެހެއްޓުމަކީ ކޮށްދެއްވާނެ މުހިންމު ކަންކަންކަމަށް އަލިއެޅުއްވިއެވެ.

އެހެންކަމުން ރައްޔިތުން ދެއްވަމުންދާ ތަރުހީބު ދެއްވަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށާއި އެ ތަރުހީބު ލިބުމަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއްކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، މި އަހަރަށް ފާސްކޮށްފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ބަޖެޓެއް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓަކީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރުން ފާސްކޮށްފައިވާ ބަޖެތެއްކަމަށާއި އެ ބަޖެޓު ހުށައެޅުއްވީ ކުރީގެ ފިނޭންސް މިނިސްޓަަރު އިބްރާހިމް އަމީރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިިކުފާނުގެ ސަރުކާރަށް ބަޖެޓުގައި ކަންކަން ހިމެނުމަށް ހުށައެޅުމަށް އިންތިގާލީ މަރުހަލާގެ ތެރޭގައި 10 ވަރަކަށް ދުވަސް ލިބުނުކަމަށާއި އެ ދުވަސްކޮޅުގެ ތެރޭގައި ޓީމެއް އެކުލަވާލަައިގެން ގިނަ އަދަދެއްގެ ކަންކަން ހުށައެޅުއްވިކަމަށް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަންކަމަށް ބޭނުންވާނެ ބަޖެޓުގެ އަދަދުތައްވެސް ހުށައެޅުއްވިކަމަށާއި އެހެންނަމަވެސް ރަސްމާލެ ހިއްކުމަށް ހިމެނި ފައިސާ އެއްކޮށް ބަޖެޓުން އުނިކޮށްލިކަން ރައްޔިތުން ހަނދާނުގައި ހުންނާނެކަމަށް ފާހަގަކުރެއްވިއެވެ.

މިދަންނަވަން އުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އަޅުގަނޑުމެން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިންގޭނެ ގޮތަކަށް ނޫނޭ ބަޖެޓު ފާސްވެފައި އެއޮތ،ީ މިހެން މި ދަންނަވަނީ މަޖީލީހުގެ މުހިންމުކަމުގެ ވާހަކަ ދަންނަވަންވެގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުންތަކެއް ތިބި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރާނެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއްގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެކަމުގެ މުހިންމުކަން ދަންނަވަންވެގެން މި މަޖިލީހުގައި މިފަހަރު ބަޖެޓު ފާސްވިގޮތުގެ މިސާލުވެސް މި ދަންނަވާލީ

ރައީސް މުއިއްޒު ވިދާޅުވީ، ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރުގެ ކޮންޓްރޯލްގައި ބޭނުންވާ ގޮތަށް މަޝްރޫޢުތައް ހިންގޭ ގޮތަށް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ވާހަކައަށް އިޝާރާތްކުރެއްވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ލިބިގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވުމަަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބަޖެޓު ފާސްވެގެން އައިސްފައިވާ ގޮތް މިސާލެއްގެ ގޮތުގައި ނެންގެވީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންތަކެއް ތިބި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާނެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެޖޯރިޓީ އޮންނަ މަޖިލީހެއް އޮތުން މުހިންމު މިންގަނޑު ފާހަގަކުރެއްވުމަށްކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންތިހާބުވެގެންދާ މަޖިލީހަކީ މިހާރު އޮތް ފަދަ މަޖިލީހެއް ނަމަ ކުރިން ދެންނެވި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވެގެންދާނެކަމަށާއި އެހެންނަމަވެސް އެމަނިކުފާނަކީ ބުނާ ބަހުގެ މަތީގައި އަކުރުން ފިއްޔަށް ހުންނާނެ މީހެއްގެ ގޮތުގައި ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން މަސައްކަތްތައް ކުރައްވަން ބޭނުންވެވަޑަައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ކުރެއްވޭނީ ބަޖެޓުވެސް ލިބިގެންކަމަށާއި ބަޖެޓާއި ގުޅޭ ސަރުކާރުގެ ސިޔާސަތުވެސް މަޖިލީހުގެ ތެރެއިން ތަންފީޒުވެގެންދިއުމަށް އެދޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: