ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފެއްދޭ ހުރިހާ ދަނޑުވެރިކަމުގެ ބާވަތެއް ބޭނުންވާ މިންވަރަށް ހެއްދުން މުހިންމު: ރައީސް

ރައީސް ގއ ކޮނޑޭގެ ކައުންސިލާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފެއްދޭ ހުރިހާ ދަނޑުވެރިކަމުގެ ބާވަތްތަކެއް ރައްޔިތުންނަށް ބޭނުންވާ މިންގަނޑަށް އުފެއްދުމަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ ކޮނޑޭގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސްވަނީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތުގެ ފުޅާކުރުން މުހިންމު މިންވަރުގެ މައްޗަށް އަލިއަޅުއްވާފައެވެ. ރައީސް ވިދާޅުވީ، ކޮނޑޭގައި ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތު ވަރުގަދަކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އިގްތިސާދީ ވިސްނުމެއްކަން ހިއްސާކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުމަކީ ފުޑްސެކިއުރިޓީ ގާއިމުކުރުމަށް ގެންގުޅުއްވާ މުހިންމު ސިޔާސަތެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވި އެތައް ރިސޯޓަކަށްވެސް ބޭރުން ކާާބޯތަކެތި ގެންނަކަމަށާއި އެ ސިނާއަތަށް ބޭނުންވާ ރާއްޖޭގައި އުފެއްދޭ ހުރިހާ ތަކެއްޗެއް ލިބިގެންދާނެ އިންތިޒާމު ކުރެއްވުމަކީވެސް އެ ސިޔާސަތުގެ އަމާޒެއްކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ވަރަށް ބޮޑު ވަރަށް އެމްބިޝަސް ވަރަށް މުހިންމު ސިޔާސަތެއް

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރާނަމަ ރަށުގެ ބިން ބޭނުންކުރެވިދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކޮނޑޭ ފަދަ ބިން ބޮޑެތި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރަމުންދާ ރަށްތަކަށް އިންވެސްޓުމެންޓުތައް ހޯއްދެވުމަށް ސަރުކާރުން ގަސްތުކުރާކަމަށެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނާއި ކައުންސިލު ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ކޮނޑޭގައި ދަނޑުވެރިކަމުގެ މުހިންމު މަޝްރޫޢުއެއް ހިންގައިދެއްވާނެކަމަށް ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ކުރާނަމަ ބަނދަރުވެސް ބޮޑުކުރަންޖެހޭނެކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ގޮތަށް އެ ބަނދަރުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: