ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން އަލުން އައްޔަނުކުރުމަކީ ރައްޔިތުންނަށް ގޮންޖެހުން: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެމްޑީޕީގެ ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރުހުން ނުދިން ވަޒީރުން އެއް ގަޑިއިރުފަހުން އަލުން އައްޔަނުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ރައްޔިތުންނަށް ގޮންޖައްސަވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމުތަކަށް އައްޔަނުކޮށްފައިވާކަމަށް އަލިއަޅުއްވައި މެމްބަރު އަހުމަދު ވިދާޅުވީ، ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ޑިމޮކްރެޓިކް ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށްޓަކައި ތިން ބާރު ވަކިކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ އެއް ބާރުން އަނެއް ބާރަށް އެއްބާރުލުން ދިނުމާއި ފާރަވެރިވުންކަމަށް ގަބޫލުކުރައްވާކަމަށާއި އެއްބާރު އަނެއް ބާރުގެ މައްޗަށް އަރައިގަނެ ނެތް ބާރަކަށް ހަދަން މަސައްކަތްކުރުމަކީ ގާނޫނުއަސާސީގައި ތިން ބާރު ވަކިކުރެވިފައިވުމުގެ ރޫހާއި ހިލާފުކަމެއްކަމަށެވެ.

އަހުމަދު ވިދާޅުވި، ގާނޫނު ހެދުމުގެ ބާރު އޮންނަނީ ރައްޔިތުންގެ އަތުގައިކަމަށާއި ރާއްޖޭގައި ކަންކަން ކުރިއަށްދާ ގޮތް ނިންމަނީ ރައްޔިތުންކަމަށެވެ. އަދި އެކަން ކުރަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށްކަމަށާއި އެއީ ގާނޫނު ހެދުމުގެ ބާރުކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއިއެކު ކަންކަން ނިންމާ އިންސާފު ގާއިމުކުރުމަށްޓަކައި ގާނޫނުއަސާސީގައި ޖުޑިޝަރީގެ ބާރުވެސް ވަކިކުރެވިފައިވާކަމަށާއި ވެރިކަމެއް ގާއިމުކުރެވިފައި އޮންނަނީ ރައްޔިތުން އެދޭ މިސްރާބުން ކަންކަން ކުރިއަށް ގެންދިއުމަށްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މި ތިން ބާރަކީ އޭގެ ޒާތުގައި އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުން ނުވަތަ ހުރަސް އެޅުން ނުވަތަ ނެތް ބާރަކަށް ހަދަން އުޅުން ފަދަ އަމަލެއް ނުހިންގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، ގާނޫނުއަސާސީ އޮތީ އެފަދަ އަމަލެއް ހިންގުމަށް ޖާގަ ލިބިގެންދާ ގޮތަކަށް ނޫންކަމަށާއި އެއާއި ހިލާފަށް އަމަލުކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މީހަކަށް ރުހުން ނުދިނުމުން އޭގެ އެއް ގަޑިއިރު ފަހުން އެމީހާ އެ މަގާމަށް އައްޔަނުކޮށް ކަންކަން ކުރުމަކީ ރައްޔިތުންނަށް ގޮންޖެއްސެވުންކަމަށާއި އެއީ ރައްޔިތުންގެ ބާރަށް ގޮންޖެއްސެވުންކަމަށް ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ، އެއީ ރައްޔިތުންގެ ނިންމުން ބޮލާލާ ޖެހުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: