ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮ ގޮތް ބޭނުންވާ ދިވެހި ރައްޔިތުންނަށް، ރައީސް ސާލިހު ނޫން އެހެން ވެރިއެއް ނެތް: އަހުމަދު އަބްދުﷲ

ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮ ގޮތް ބޭނުންވާާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫން ވެރިއެއް ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ “އުފާވެރި އަމާން ރާއްޖެ” ތަކަންދޫ ޖަލްސާގައި ވާހަކަދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ، މިހާރު އެމްޑީޕީއިން އަމާޒު ހިފާފައި ހުރީ، ރާއްޖެ އަމާން އޮމާން ތަނަކަށް ހެދުމަށްކަމަށެވެ. އެމްޑީޕީއިން ރާއްޖެ އަމާން ކުރީ ކިހިނެއްތޯ ބައެއް މީހުން ސުވާލުކުރާކަމަށް ވިދާޅުވެ، ރައްދުދެއްވާ އަހުމަދު އަބްދުﷲ ވިދާޅުވީ މީގެ 5، ނުވަތަ 6 އަހަރު ކުރިން ހިޔާލުފާޅު ކުރާ މީހާ ދެން ދާން ޖެހޭނީ ކޮން ތަނަކަށްތޯ ނޭނގި ދިޔަ ނަމާން ދުވަސްވަރެއް ރާާއްޖޭގައި އޮތްކަމަށެވެ. ނަމަވެސް މި ސަރުކށރުން މިހާލަތު ބަދަލުކޮށްދީފިކަމަށް ވިދާޅުވިއެވެ.

އުތުރުން ފެށިގެން ދެކުނުގެ ހުރިހާ ރައްޔިތުންނާއި ބައްދަލުވެ، އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ އިވޭކަމަށާއި، އަދި ރައީސް ސާލިހު ކުދި އަދި ބޮޑު ރަށެއް ތަފާތުނުކޮށް ގެނެސްްދިން ތަރައްގީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާކަން ހާމަވެގެންދިޔަކަމަށް  އަހުމަދު އަބްދުﷲ ވިދާޅުވިއވެެ.

މިފަދަ ވެރިކަމެއް ދޫކޮށްލާކައް ބޭނުމެއް ނޫނޭ. ރައީސް ސާލިހަށްވުރެ ހެޔޮ ެވރިއެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތޭ.

އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ ހެޔޮ ގޮތް ބޭނުންވާ ދިވެހި ރައްޔިތުންނަށް، ރައީސް ސާލިހު ނޫން އެހެން ވެރިއެއް ނެތްކަމަށެވެ. ތަކަންދޫއިންނާއި، ރާއްޖޭގެ އެހެން ކަންކޮޅުތަކުންވެސް ރައީސް ސާލިހަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށާއި، އަދި ރައީސް ސާލިހަކީ ގައުމު ބޭނުންވާ ތަރައްގީ ގެނެސްދީ، އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވާނެ ވެރިއެއްކަމަށާއި، އަދި ރައްޔިތުން ހާލުގައި ޖެހުމުން ރައްޔިތުންގެ އަތުގައި ހިފާނެ ހަމައެކަނި ވެރިއަކީ ރައީސް ސާލިހުކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ރައީސް ސާލިހުގެ މި ސަރުކާރުން ހިންގި މަޝްރޫއުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ފެނާއި، ނަރުދަމާގެ ނިޒާމު ގާއިމްކޮށްދިނުމާއި، އެހެން ކަންކަންވެސް އޭނާ ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: