ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރެވޭނީ، އަޣުލަބިއްޔަތަށް ތާއީދުކޮށްގެން: އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްވާނީ ތިމާ ގަބޫލުކުރާ ގޮތަކީ ވާން ޖެހޭ ގޮތްކަމަށް ގަބޫލުކުރާ ގަބޫލުކުރުން ދޫކޮށްލައިގެންކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ މައްސަލަތައް ހައްނުވެގެން ނޫޅޭކަމަށެވެ. އަދި ހައްލު ނުކުރެވޭކަމަށް ބުނަންޖެހޭނީ ތިމާ އެދޭ ގޮތް ނޫން ގޮތަށް، ނުވަތަ މެޖޯރިޓީއަށް ތަބާވާން އެދޭ ބަޔަކު ކަމަކާއި ނުރުހުމުންކަމަށެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ އަގުލަބިއްޔަތަށް ތަބާވުމުގެ ރިވެތި އާދަ ދަސްކުރަންޖެހޭކަމަށާއި، ތިމާ މީހާ ބޭނުންވާގޮތަކީ ވާންޖެހޭ ގޮތްކަމަށް ގަބޫލުކޮށްގެންނުވާނެކަމަށެވެ. އަދި އެގޮތަށް ގަބޫލުކޮށްފިނަމަ ދިމާވާނެ މައްސަލަތަކެއް ހުންނާނެކަމަށް ފާހަގަކޮށް، އެ މައްސަލައިގެ ހައްލަކީ ތިމާ ގަބޫލުކުރާ ގޮތް ބަދަލުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަހުމަދު އަބްދުﷲ އވާހަކަތައް އެ އަމަޒުކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްކަމަށް ބެލެވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝިދު ގެންދަވަނީ ޕާޓީގެ މެންބަރުންގެ ނިންމުމާއި ދެކޮޅު ހައްދަވާ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުނުކުރާނެކަމަށް ބުނަމުންނެވެ.

މިހާރު މިސާލަކަށް އަޅުގަނޑު ބޭނުންވެދާނެ ބުނަން މާދަމާ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ އަޅުގަނޑޭ. އެކަމު އެހެނެއް ނުވާނެ. ބުއްދި ސަލާމަތުން އަޅުގަނޑު ހުރި ކަމަށްވަންޏާ އަޅުގަނޑަށް އެބަ ގަބޫލުކުރެވެންޖެހޭ އެހެން އަޅުގަނޑު ބުނިކަމުގައިވިއަސް އެއީ އެކަން އޮތް ގޮތް ނޫންކަން.

އެމްޑީޕީގައި ޖެހިފައި އޮތް މައްސަލަތައް ހައްލުކުރެވޭނީވެސް އެފަދައިންކަމަށް ވިދާޅުވިއެވެ. މި ސަރުކާރަށް އަމިއްލަ ޕާޓިގެ މަސްލަތު ނުދެމެހެއްޓިގެން އުޅޭއިރު، ކޯލިޝަނެއް ހެދޭނީ  ކިހިނެއްތޯ ބުނެ ކިޔާ ފާޑުކިޔުމަށް ރައްދުދެއްވާ އަހުމަދު އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ކޯލިޝަން ދަމަހައްޓައިފިކަމަށެވެ. އެއި ނަމެގައި އޮތް ކޯލިޝަނެއްކަމަށް ބައެއް ފަރާތްތަކުން ބުނާތީ އަހުމަދު އަބްދުﷲ ވިދާޅުވީ، އެހެން ބަޔަކު ކީ ނަމަވެސް ކޯލިޝަން ރޫޅާލާފައި ދިޔަ އެއްވެސް ޕާޓިއެއް ނެތްކަމަށެވެ.

މީގެ ކުރީ ސަރުކާރުތަކުން އެކުލަޥާލި ކޯލިޝަންތަކަށް ވީ ގޮތަށް އިޝާރާތްކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ ކުރީގައި ހެދި ކޮންމެ ކޯލީޗަނެއްވެސް ވަނީ ރަސްމީކޮށް އިއުލާންކޮށް ރޫޅިފައިކަމަށާއި، ކޯލިޝަންގެ ބައިވެރިންވެސް އަމިއްލައަށް ކޯލިޝަން ދޫކޮށް ދިޔަކަމަށެވެ.

ގިނަ މީހުންގެ ވިސްނުމަށް އިހުތިރާމުކޮށްގެން، އެ އަނޑު އަހައިގެން ވެރިކަންކުރުމުގެ ކެޕޭސިޓީ ރައީސް ސާލިހުގެ ކިބައިގައި އެބަ ހުންނެވިކަމަށެވެ. މިއީ ހަމައެކަނި އޭނާގެ ގަބޫލުކުރުންނޫންކަމަށާއި، ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: