ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދާއި އެއްގޮތަށް ޕެންޝަން ކަންކަން ހަމަޖައްސަން މަޖިލީހުން ބައެއް ކަންކަން ކުރަންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން ޕެންޝަންގެ ކަންކަން ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް މަސައްކަތްތައް ކުރައްވަންޖެހޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ ” ރައީސްގެ ޖަވާބު” ސެގްމެންޓުގައި ޕެންޝަން ދިނުމަށް ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، 55 އަހަރުވެގެން 65 އަހަރާއި ދެމެދު ޕެންޝަން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެ އުމުރު ފުރައިގެ ތެރެއިން ރިޓަޔަރ ކުރައްވާ ބޭފުޅުންނަށް އެލަވެންސެއް ތައާރަފްކުރުންކަމަށާއި ރައީސް އޮފީހުން އެކަމާއި ގުޅޭ އިދާރީ މަސައްކަތްތައް ކަމާއި ބެހޭ މުއައްސަސާތަކާއި ގުޅިގެން ފަށާފައިވާކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އޭޖީ އޮފީހާއި ގުޅިގެން މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. އެހެންނަމަވެސް އެކަމަށްޓަކައި ގާނޫނީ ގޮތުން މަގުފަހިކުރަން ޖެހޭކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ އިސްލާހުތަކެއްވެސް ހުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކުރަމުންދަނީ އިދާރީ މަސައްކަތްތަކާއި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ބޭނުންވާނެ ގާނޫނީ މަސައްކަތްތައްކަމަށެވެ.

ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއްވެސް މިކަމުގައި ހިމެނޭނެކަމަށާއި ސަރުކާރުން އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ފަހިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކުރަންޖެހޭ ބައެއް ކަންކަން ހުރިކަމަށް ރައީސް އޮފީހުގެ ގާނޫނީ ޓީމުން ލަފާ ދީފައިވަކަމަށް އަލިއެޅުއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ކުރައްވާނެކަމަށާއި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: