ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު މަޝްރޫއުއަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ 5 ކުންފުންޏެއް އެކުވެގެން އުފެއްދި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފެށޭ އިޤުތިޞާދީ އެންމެ ބޮޑު މަޝްރޫޢަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފާއިތުވި 14 ހަފުތާގެ ތެރޭގައި އިގްތިސާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަނީ ދަރަނި އިތުރުވިޔަ ނުދިނުމަށާއި، ދަރަނި ދެއްކުމަށާއި، އިޤްތިޞާދަށް އާމްދަނީ އިތުރުކޮށް އިޤްތިޞާދު ފުޅާކުރުންފަދަ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދެވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވި ދަރަނީގެ މައްޗަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހޯރަފުށީގެ ތަރައްޤީއަށް ހިންގަންފެށި މަޝްރޫޢުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫޢުތައް އަލުން ފައްޓަވައިދެއްވާނެކަމަށާއި، އަދި މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫޢުތަކާއި، ކެމްޕެއިންގައި ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢުތަކަށް އިސްކަންދެއްވައިގެން މަޝްރޫޢުތައް ތަރުތީބުކޮށް، މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިންގައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެގޮތުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަންކަމުގެ ގޮތުގައި ހޮސްޕިޓަލުގެ މަޝްރޫޢާއި، ގިރާ ސަރަހައްދަށް ހައްލެއް ގެނައުމާއި، ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުން އަދި ބިންހިއްކުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: