ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލަސީމިއާ ކުދިންގެ އިނާޔަތް މި އަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލަސީމިއާ ކުދިންގެ އާއިލާތަކަށް މާލީ ލުއިތަކެއް ދިނުމުގެ ގޮތުން ސަރުކާރުން ދިނުމަށް ނިންމާފައިވާ އިނާޔަތް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަންތައް ހަމަޖައްސަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބު ސެގްމެންޓުގައި ތެލެސީމިއާ ކުދިންނަށް ސިއްހީ ހިދުމަތާއި ލުއިތައް ލިއްބައިދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާއިމެދު ކުރެވުނު ސުވަލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އަތޮޅު ހޮސްޕިޓަލްތައް ގާއިމުކޮށް ހަރުދަނާ ހިދުމަތްތަކެއް ދިނުމާއި ސުކޫލަށް ދެވޭނެ މަގު ފަހިކުރުމުގެ އިތުރުން އިނާޔަތެއް ހަމަޖެއްސުމަކީވެސް ވެވަޑައިގެންފައިވާ ވައުދުތަކެއްކަމަށާއި އެކަންކަން މެނިފެސްޓޯގައިވެސް ހިމެނޭކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރުން ބައިތިއްބައިގެން ހިދުމަތްތައް ދިނުމަށް ގަސްތުކުރައްވާކަމަށެވެ. އަދި ނުކުޅެދޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ތެރަޕީއާއިއެއް ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެއްވާނެކަމަށާއި ފިސިއޯތެރަޕީގެ އިތުރުން ސައިކޭޓްރީގެ ހިދުމަތްތައްވެސް ލިބިގެންދާކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވަނީ ސްޕެޝަލިސްޓުންކަމަށާއި އެއީ ހާއްސަ ތައުލީމާއި ޓްރެއިންގްވެސް ލިބިފައިވާ މީހުންކަމަށް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމެވުމަށް ގަސްތުކުރައްވާކަމަށާއި މި އަހަރުގެ ތެރޭގައިވެސް ވީހާވެސް ގިނަ ހޮސްޕިޓަލެއްގައި ހިދުމަތް ދިނުމަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ހޮސްޕިޓަލްތައް ގާއިމުވެ ހިދުމަތް ލިބެން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ސިއްހީ ކަންކަން ބެލެހެއްޓުމުގައި ބޮޑެތި ލުއިތައް ލިބިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސުކޫލުތަކުގައި އެފަދަ ކުދިންނަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދެއްވުމަކީވެސް އިސްކަން ދީގެން ކުރެވެމުންދާ މަސައްކަތްތަކެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް ބޭނުންވާ ހާއްސަ ތައުލީމާއި ޓްރެއިންގް ލިބިފައިވާ ޓީޗަރުން ބޭނުންވާ މިންގަނޑަށް ހަގީގަތުގައި ނެތްކަމަށެވެ. އެހެންނަމަވެސް ތައުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ވަސީލަތްތައް ގާއިމުކުރުމުގެ މަަސައްކަތްތައްވެސް ފެށިފައިވާކަން ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެން އޮތީ އެ މަސައްކަތްތައް އަވަސްކުރުންކަމަށެވެ. ތެލެސީމިއާ ކުދިންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ މި އަހަރުގެ ތެރޭގައި ބަޖެޓުކޮށްފައިނުވާކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން އެކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ފުރުސަތު ފަހިވެފައިވާކަމަށާއި އެ ހިދުމަތްތަކަށް ހާއްސަ ހޮސްޕިޓަލުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އެރުއްވިއިރު އިނާޔަތް ދިނުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: