ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ އެމްބިއުލާންސްއަކީ ރައީސްގެ ތަސައްވުރުގެ ނަތީޖާ: މިނިސްޓަރ

ކާބޯތަކެތީގެ ރައްކާތެރިކަމަށް ޢާންމުން ހޭލުންތެރިކުރުވުމާ ގުޅޭ ޤައުމީ މީސް މީޑިއާ ކެމްޕޭން 'މުކައްބަ' އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށިގެންދިއުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރުގެ ނަތީޖާކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކާމިޔާބުކޮށްފައިވާކަމުގެ މައްޗަށް އަލިއަޅުއްވައި މިނިސްޓަރު ވަނީ އެކްސްއެއް ކުރައްވާފައެވެ. މިނިސްޓަރު ހަލީލް ވިދާޅުވީ، އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ދެކެމުން އައިސްފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ރައީސް މުއިއްޒުވަނީ އެ ވިސްނުން ބަދަލުކޮށްލައްވާފައިކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު ވަނީ އެއީ ރާއްޖޭގައި ހުރި ވަސީލަތްތަކުން ހާސިލުކޮށްދެވިދާނެ ހިދުމަތެއްކަމަށް ތަސައްވުރުކުރައްވާފައިަކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ އެ ވިސްނުންތަކުގެ ނަތީޖާކަމަށްވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު އަކީ ރައްޔިތުން އެދޭ ފަދަ އޯގާތެރި ވެރިއެއްކަމަށެވެ. އަދި އެމަނިކުފާނު އެ ގެންދަވަނީ އަމަލާއި ބަހުންވެސް އެކަން ސާބިތުކޮށްދެއްވަމުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވިސްނުމުގެ މަތިން އަލަށް ފަށާފައިވާ އެއަރ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ބޯޓުގައި ސިއްހީ އެމަޖެންސީތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާ ލބެން ހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ޕޭޝަންޓުން ގެންދިއުމުގެ ތެރެއިން އަވަސް ފަރުވާ ދެވޭނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްފައިވާކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: