ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޮވާލެއްވީ ހަގީގަތާ ހިލާފު ވާހަކަތަކަށް ޖާގަ ނުދިނުމަށް!

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ސަރުކާރާއި ދެކޮޅުވެރި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ޖާގަ ނުދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ކ ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސްވަނީ އެ ރަށުގެ ތަރައްގީއަށްޓަކައި ބޮޑެތި މަސައްކަތަކެއް ކުރަން ޖެހޭކަމަށް ފާހަގަކުރައްވާކަންކަމަށް ބޭނުންވާ މާލީ ބާރުވެރިކަން ހާސިލުކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ތެރެއިން އާމްދަނީ ލިބިގެންދާ މިންގަނޑުތައް އިތުރުވެ މުޅި ރާއްޖޭގެ ޖުމުލަ އާމްދަނީ އިތުރުވުމުން އެ އަދަދުގެ ތެރެއިން ވަކި އިންސައްތައެއް ގާނޫނީ އިސްލާހެއް ގެނެސްގެން ކައުންސިލުތަކަށް ޖަމާކުރަން ފެށުމުން މިހާރުވެސް ސަރުކާރުން ދިނުމަށް ވިސްނާފައިވާ ބްލޮކް ގްރާންޓުގެ އިތުރުން ބަޖެޓު ބޮޑުތަނުން އިތުރުވާނެކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެކަން ހާސިލުކުރެވުމުން ކޮންމެ އަހަރެއްގެ ބަޖެޓަށްވެސް ވަރަށް ބޮޑު އެއްޗެއް އިތުރުވެގެންދާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް އަލިއަޅުއްވާ ރައީސް ވިދާޅުވީ، ޕޯޑިއަމްގައި އެ މަނިކުފާނު ވާހަކައެއް ދެއްކުމަށްފަހު އެއް ރަށުން އަނެއް ރަށަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ހުންނަވަނިކޮށް ވާހަކަތައް ބަދަލުގެންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދައްކަވަމުންދާ ވާހަކަތައް ޓްވިސްޓް ކުރަން މަސައްކަތްތައް ކޮށްފައިވާކަމަށާއި މަސައްކަތްކުރަމުންދަނީ ބްލޮކް ގްރާންޓު ކުޑަކުރުމަށްފަހު އާމްދަނީ އިތުރުކުރަން ކަމަށްބުނުން ފަދަ ވާހަކަތައް ދައްކައި ފިތުނަ އުފައްދައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ މަގުސަދެއްގައި ހިންގާ އަމަލުތަކަށް ރައްޔިތުން ޖާގަ ނުދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެފަދަ ކަންކަމަށް ޖާގަ ނުދެއްވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ލައިވްކޮށް ދެފުށް ފެންނަ ގޮތަށް ވާހަކައެއް ދައްކާ ނިމޭއިރު އެމަނިކުފާނުގެ ހިތަށްވެސް އަރާފައިނުވާ ގޮތަކަށް ބަދަލުކޮށްގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ޖާގަ ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލުތަކުގެ ބްލޮކްގްރާންޓާއި ޑަބްސިލުއުޑީސީތައް ހިންގުމަށްޓަކައި ދޭނެކަމަށް ވިދާޅުވި މާލީ އެހީތެރިކަމުގެ އިތުރުން އާމްދަނީވެސް އިތުރުކުރައްވާނެކަމަށެވެ. އަދި އެގޮތުގެ މަތިން އަމަލުކުރެއްވުމުން އެތައް ގުނައަކުން އެތަންތަން ވަރުގަދަ ވެގެންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: