ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ވެރި ފަރާތް ހޯދަނީ!

ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަނީ: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރި ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްތިކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށް ބުންޏެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ހެންވޭރު ޕޮލިސް ސްޓޭޝަން

  • މާރިޗު 7 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް.

ގަލޮޅު ޕޮލިސް ސްޓޭޝަން

  • ފބުރުވަރީ 27 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް.
  • މާރިޗު 4 ވަނަ ދުވަހު ގ. ބްލޫ ލެގޫން ކައިރިން ހޮވައިގެން ގެނެސްފައިވާ 35 ރުފިޔާ.
  • މާރިޗު 12 ވަނަ ދުވަހު ޗަމްޕާ މަގުން ހޮވައިގެން ގެނެސްފައިވާ 75 ރުފިޔާ.

މި ތަކެތީގެ ވެރިފަރާތުން ފުލުހަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއިއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެތަކެއްޗެއް ހުރި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުންމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: