ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެކްގްރައުންޑު ޗެކު ނުކުރުން: ލިބެން ނުވާނެ ބައެއްގެ އަތަށް ބާރުތައް ދިނުމުގެ ފުރުސަތު ފަހިވާކަމެއް!

މިނިވަން ކުރޭގެ ނަމުގައި އި ކުރިޔަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ހިދުމަތްތައް ދިނުމަށް ނެރޭ ކޮންމެ މުއައްޒިފަކާއި ގުޅޭގޮތުން ވެސް އެކަށީގެންވާ މިންވަރަށް މައުލޫމާތު އެނގުން އިންތިހާއަށް މުހިންމެވެ. އަދި ވަޒީފާ އަދާކުރަމުން ދާއިރު ވެސް، ކަނޑައެޅޭ އުސޫލެއްގެ ދަށުން މުއައްޒިފުންނާއި ގުޅޭ މައުލޫމާތުތައް ތައާޒާކުރުމަކީ މުއައްސަސާގެ މައްޗަށް ލާޒިމުކުރެވިފައިވާން ޖެހޭ ކަމެކެވެ.

ހާއްސަކޮށް މިއަދު ކަރަންޓު ބަޑިއެއް ހިފައިން ނުކުމެ އުޅުމަށްވެސް ފުރުސަތު ފަހިކޮށްދީފައިވާއިރު، އެފަދަ ބާރެއް ލިބުމުން މީހަކު އެ ބާރެއްގެ އިސްތިއުމާލުކޮށްފާނެ ގޮތެއް ދިރަސާ ކުރުމަކީ ބާރު ދިނުމުގެ ކުރިން ކޮންމެހެން ވެސް ކުރަން ޖެހޭކަމެކެވެ. އެހެންކަމުން ކޮންމެ ހާލަތަކާއިވެސް ކުރިމަތިލާން ޖެހިދާނެ ފަދަ މަގާމަކަށް އަންނައިރުވެސް އެމީހެއްގެ އަމަލުތައް ބައްޓަންވެފައި ހުންނާނެ ގޮތްތައްވެސް އެނގިފައި އޮތުން މުހިންމެވެ.

މުއައްސަސާއަށް ވައްދާއިރު، އެ މީހަކާއި ކުށުގެ ވެއްޓާއި ގުޅުމެއް އޮތްތޯ ބެލިގެންދެއެވެ. އަދި އޭނާގެ ފަރާތުން ކުށުގެ ވެށީގެ މަސައްކަތްތަކަށް ފުޅާކަމެއް ނާންނާނެކަން ކަށަވަރުވެގެންދެއެވެ. މުއައްސަސާ ތަމްސީލު ކުރާ މީހަކީ ރިޝްވަތުގައި ނުޖެހޭ މީހެއްކަން ދެނެގަތުން ފަދަ މަގުސަދުތަކުގައި އެ މީހާގެ މާލީ ޒިންމާތައް އޮތް ގޮތެއް ބެލުމަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ކަންކުރާ ގޮތެވެ.

ރާއްޖޭގައިވެސް ބެކްގްރައުންޑު ޗެކުކުރުމުގެ އުސޫލެއް ކަނޑައެޅިފައިވާއިރު، މިއަދު އެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގަނައުމަށް އެބަ މަސައްކަތްތައް ކުރެވިގެންދެއެވެ. މަސައްކަތްކުރަމުންދަނީ ބެކްގްރައުންޑު ޗެކު ކުރުން ލާޒިމު ކަމަކުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ހެދުމަށެވެ. އަދި އެ އިހްތިޔާރީ ބާރުތައް ފުލުހުންގެ މުއައްސަސާގައި އެންމެ އިސްކޮށް ތިއްބާ ބޭފުޅުންގެ އަތަށް ދިނުމަށެވެ.

އެހެންނަމަވެސް ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުންވަނީ ގެނައުމަށް މަސައްކަތްކުރާ ބަދަލާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ ކުރެވިގެންވާނެކަމެއް ނުންކަމަށް އަދި ބެކްގްރައުންޑު ޗެކު ކުރުމަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނީ އެތައް ދިރާސާއެއް އަދި މަސައްކަތްތަކެއް ކުރުމަށް ފަހުކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

ބެކްގްރައުންޑު ޗެކު ކުރުން މުހިންމު އަދި ސީރިއަސް މަސައްކަތެއްގެ ގޮތުގައި ނަގަންޖެހޭ އެތައް ސަބަބެއް ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފަރާތާއިމެދު އެކަށީގެންވާ މިންވަރަށް މައުލޫމާތު ނެތް ނަމަ އިންސާފުވެރިކަމެއް ނެތް ފުލުހުންގެ އަސާސްތަކާއި ނުބައްދަލު މީހަކަށް ވަޒީފާ ދެވުމުގެ ފުރުސަތު ފުޅާވެގެންދެއެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އާންމުންގެ ތެރޭގައި އޮތުން މުހިންމު އިތުބާރު ހީނަރުވެގެންދިއުމަށް ޖާގަ ހެދިގެންދެއެވެ.

އެހެންކަމުން މިހާރު ދުނިޔޭގައި ޓެރަރިޒަމްގެ ބިރުވެސް ފެތުރިފައިވާއިރު، އަދި މުއައްސަސާތަކުގައި ގަސްތުގައި ގޯސް ހަދާ ފަރާތްތަކަށް ތިބިކަމަށް ދިވެހި ސަރުކާރުގެ އިސްވެރިންވެސް ފާހަގަކުރަމުންދާއިރު، ބެކްގްރައުންޑު ޗެކު ކުރުން އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވިސްނި ވިސްނުންތެރިންގެ ހިކުމަތްތެރިކަމާއިމެދު ސުވާލު އުފެދެއެވެ. އަދި ރިޔާސީ އިންތިހާބު ބޯ މަތިވެފައިވާއިރު، ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާތަކެއް ދިނުމަށް މަގު ކަނޑަމުންދަނީތޯވެސް ސުވާލު އުފެދެއެވެ.

މުހިންމު އެތައް މައުލޫމާތެއް އަދި ބާރުގަދަ ހަތިޔާރުވެސް ގެންގުޅުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއްގެ ތެރެއަށް ވަދެ ނުކުމެ ހެދެމުގެ ހުއްދަ އަދި އެ މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ހުއްދަ ލިބިގެން ނުވާނެ ފަރާތެއްގެ އަތްމައްޗަށް އެރުން ވެގެންދާނީ ކޮންމެ ގައުމަކަށްވެސް ލިބިގެންދާ ބޮޑު ގެއްލުމަކަށެވެ. ބެކްގްރައުންޑު ޗެކު ނުކުރުމުގެ ސަބަބުން އެފަދަ ދުވަހެއް ފެނިގެންދިއުމަކީ ނެތް ކަމެއް ނޫނެވެ.

އެހެންކަމުން އެފަދަ މުހިންމު މުއައްސަސާއެއްގައި ބެކްގްރައުންޑު ޗެކުރުން އިހުތިޔާރީ ބާރެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުން ވެގެންދާނީ ނުރައްކާތެރިކަމަކަށްކަން ފެނިގެންދެއެވެ. އަދި މިހާރުވެސް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކުށްތަކަށް އަރައިގަންނަ އެތައް ފަރާތެއް އުޅޭ ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، ކުރެވެމުންދާ ބެކްގްރައުންޑު ޗެކުވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރުންވެސް މުހިންމުކަންވެސް ޔަގީންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: