ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ މަސައްކަތް ބައްޓަންކުރަމުން މިދަނީ ރައްޔިތުން އެދޭ ގޮތަށް: ސީޕީ ހަމީދު

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދިވެހި ފުލުހުންގެ މުއައްސަސާއަކީ، ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގެ ގިނަ ކަންކަން ފުރިހަމަވާ މުއައްސަސާއެއްކަމަށާއި، ފުލުހުންގެ މަސައްކަތް ބައްޓަންކުރަމުން ދަނީ ރައްޔިތުން އެދޭ ގޮތަށްކަމަށް  ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ މިއަދުގެ ދުނިޔޭގައި ފުލުހުންގެ މަސައްކަތްތައް އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަމަށާއި، އަދި ޒަމާނަށް އަންނަ ބަދަލުތަކާއިއެކު ކުށުގެ ހާލަތާއި ކުށްކުރާ ގޮތްތައް އަންނަނީ ބަދަލުވަމުންކަމަށެވެ. މިގޮތަށް އަންނަ ބަދަލުތައް އެންމެ ރަނގަޅަށް ދިރާސާކޮށް އިލްމީ މައުލޫމާތުތަކުގެ އަލީގައި، ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަމުންދިއުމަކީ ފުލުހުންގެ މުއައްސަސާއެއްގައި ހުންނަން ޖެހޭނެ މުހިންމު ސިފައެއްކަމަށް ވިދާޅުވިއެވެ.

މި ފެށި ކޮންފަރެންސް ސީޕީ ފާހަގަކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައެވެ. ސީޕީ ވިދާޅުވީ މި ކޮންފަރެންސްގެ އަލީގައި ފުލުހުންގެ މަސައްކަތާއި، އަދި އެނޫންވެސް ކަންކަމާއިމެދު އިލްމީ ނަޒަރަކުން ބަސް ބުނެވިގެންދާނެކަމަށެވެ. އަދި މަސައްކަތް ރަނގަޅުކުރުމަށް ކުރަން ހުރި ކަންތައްތަކަކާއި ގުޅިގެންވެސްް ބަހުސ ްކުރެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މަސައްކަތަކީ ރައްޔިތުންގެ އެދޭގޮތަށް ބައްޓަންކޮށްގެން ދެވޭ މަސައްކަތަކަށް ހެދުމުގައި މި ކޮންފަރެންސްގެ ހޯދުންތައް މުހިންމު ދައުވަރެއް އަދާކުރާނެކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތްތަކަށް ދިރާސާއާއި އިލްމީ ބަހުސްތަކުގެ މުހިންމުކަމަކީ މިއަދު އަޅުގަނޑުމެންނަށް ކުރިއަރާފައިވާ އެހެން ގައުމުތަކަށް ބަލާލުމުން ވަރަށް ސާފުކޮށް ފެންނަމުންދާ ހަގީގަތެއް. އަދި މުހިންމުވެސްކަމެއް.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް އަމާޒުކޮށް އިލްމީ އަދި ދިރާސީ މަސައްކަތްތައް ހިންގުމަކީ ފުލުހުންގެ މަސައްކަތަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެކަމެއްކަމަށާއި، އެގޮތުން މި ކޮންފަރެންސްގައި ފުލުހުންގެ ބޯޑުން ބައިވެރިވުމަކީ ކުރިއެރުމެއްކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އިލްމީ ގާބިލް މުވައްޒަފުން ދިވެހި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރުމަކީ ވަރަށް ބޯޑަށް އެދޭކަމެއްކަމަށާއި، އަދި އެފަދަ ފަރާތްތަކަށް ފުރުސަތުތައްވެސް ދަނީ ފަހިކޮށްދެމުންކަމަށް ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިހާރު ދިވެހި ފުލުހުންގެ ހިދުމަތުގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ ދެ ފުލުހަކު އެބަތިބިކަމަށެވެ.

މީގެ އިތުރުން ސީޕީ ފާހަގަކުރެއްވީ އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ނެޝަނަލް ކޮލެޖަށް ޕޮލިސިން އެންޑް ލޯއެންފޯސްމެންޓުގެ އޮނިގަނޑުގައި، ރިސާޗުކުރުމުގެ މަސްއޫލިއްޔަތު ހިމަނާފައިވާކަމަށާއި، އަދިއެކަމަށް ހާއްސަ ބަހާއެއްވެސް ވަނީ ކަނޑައަޅާފައިކަމެވެ.

ސީޕީ ވިދާޅުވީ މިހާރު ދިވެހި ފުލުހުންގެ މުއައްސަސާއަކީ، ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގެ ގިނަ ކަންކަން ފުރިހަމަވާ މުއައްސަސާއެއްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: