ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 5 މީހަކު ހައްޔަރުކޮށް، 4 ކިލޯގެ ހެރޮއިން ހޯދައިފި

މި އޮޕަރޭޝަންގައި ފުލުހުން ހޯދި 4.097 ކިލޯ ހެރޮއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައެއްގައި 5 މީހަކު ހައްޔަރުކޮށް، 4 ކިލޯގެ ހެރޮއިން ހޯދިފައިވާކަމަށް ކޮމިޝަނާރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުގެ މައްަޗަށް، 4 މާޗުގައި މާލޭގައި ފުލުހުންގެ އޮޕަރޭޝަންއެއް ހިންގާފައިވާކަމަށެވެ.

މާލޭގެ 10 ތަނެއް މި މައްސަލައިގައި ބަލާ ފާސްކުރިކަމަށާއި، 5 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.

4 ކިލޯއަށްވުރެ ގިނަ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދުނުކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ އިސްވެރިން ފާހަގަކުރައްވާ ގޮތުގައި އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ މި ސަރުކާރަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: