ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ، ލަންކާ، އިންޑިއާއަށް އެތެރެ ކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތި/ ފޮޓޯ: އެންސީބީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރާއްޖެއާއި، ލަންކާ، އަދި އިންޑިއާއަށް އެތެރެ ކުރަން އުޅުނު 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އިންޑިއާގެ ނޫހެއްކަމަށް ވާ ޓައިމްސް އޮފް އިންޑިއާގައި ވާގޮތުން، ރާއްޖެއާއި އިންޑިއާ ސްރީލަންކާއަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނީ 2.5 ޓަނުގެ މަސްތުވާތަކެއްޗެވެ. އެންސީބީ އާއި ހަވާލާދީ އެ މީޑިއާގައި ވަނީ އެ އިދާރާއާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއްކަމަށް މެދު އެވެ.

އިންޑިއާގެ އެންޓިކް ޑްރަގް އޭޖެންސީގެ މައުލޫމާތުތައް ދައްކާގޮތުން، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.5 ބިލިއަނަށް އަރާނެ އެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކަށް އެތެރެ ކުރުމަށް މަސައްކަތް ކުރި މަސްތުވާތަކެތިކަން ފާހަގަކޮށް، ފުލުހުން ބުނެފައި ވަނީ އެތަކެތި ޝިޕް ކުރުމަށް ރާވާފައި އޮތީ އިންޑިއާ، ސްރީލަންކާގެ އިތުރުން ރާއްޖެއަށެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅޭގޮތުން، އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނީ އެތަކެތި އަތުލައިގަތީ ކެރެލާއަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި އެތަކެތި ކެރެލާއަށް އެތެރެ ކުރަން އުޅުނީ، މަސްތުވާތަކެތި އުފުލި ބޯޓުން އެހެން ކުޑަ ކަނދު އުޅަނދެއްގައިކަމަށް ބުނެފައި ވެއެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް އަތުލައިގަނެފައި ވަނީ ގާތްގަނޑަކަށް 3200 ކިލޯގެ މެތަމްފެޓަމިން އާއި 500 ކިލޯގެ ހެރޮއިން އަދި 529 ކިލޯގެ ހަޝިޝް އެވެ. މިއީ ރާއްޖެއާއި، ލަންކާ، އަދި އިންޑިއާއަށް ހާއްސަކޮށްގެން ގެންދަން މަސައްކަތް ކުރި ޝިޕްމަންޓުތައްކަމަށް އެންސީބީން ބުންޏެވެ.

އިންޑިއާގެ ކުޑަ އަވަށެއްކަމަށްވާ ކެރެލާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ހަބެއްކަމަށް ތުހުމަތު ކުރެވެ އެވެ. އިންޑިއާގެ އަންދުރަ ޕްރަދޭޝްއިން ހައްދައިގެން ކެރެލާއަށް ވަގަށް އެތެރުކުރާ މަސްތަކުވާތަކެތީގެ ބޮޑު ބައެއް ބޭރު ކުރަނީ ރާއްޖެއަށް ކަމަށް ސްޓޭޓް އެކްސަސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) ދާދިފަހުން ބުނެފައިވެއެވެ. އެސްއީއީން ބުނެފައިވަނީ ރާއްޖެއަށް ކެރެލާއިން އަބަދުވެސް މަސްތުވާތަކެތި އެތެރެ ކުރާކަމަށެވެ.

އެގޮތުން އެ އަވަށުން މި ދިޔަ އަހަރުވެސް އަތުލައިގަތް ޑްރަގް ނެޓްވޯކް ތައްޔާރުވަމުން އައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްކަމަށް ވެސް އެ އިދާރާއާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 71%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: