ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ދިވެހިންގެ ރާއްޖޭގެ ވިސްނުން ގެންދަންޖެހޭ، އެ ނޫނީ ހަގީގީ ފޮނިމީރުކަން ނުލިބިދާނެ: ރައީސް

ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ދިވެހިންގެ ވިސްނުން ގެންދަންޖެހޭކަމަށާއި އެކަން ނުކުރެވިއްޖެނަމަ މިހާތަނަށް ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ފޮނި މީރުކަން ނުލިބޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޑރ މުއިއްޒު ވިދާޅުވި ރައްޔިތުންވަނީ ގައުމުގެ ފާލު ނެއްޓިގެންދަނިކޮށް ބުރަ މަސައްކަތްތަކެއްކޮށް ހަމަ މަގަށް ގެނެސް ދިވެހިންގެ ރާއްޖެއަށް މިސްރާބު ޖަހާފައިކަމަށާއި އެ މަސައްކަތްތައް ފުރިހަަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ދިވެހީންގެ ރާއްޖޭގެ ވިސްނުން ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތްތަކުގައި ނާކާމިޔާބުވެއްޖެ ހާލަތުގައި ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ ހަގީގީ ފޮނިމީރުކަން ލިބިގެންނުދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ބުރަކޮށް އުޅެންޖެހެނީ އެ ސަބަބުތަކާއި ގުޅިގެންކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ކަންކަމުގައި ހިތްވަރާއި ޖޯޝާއިއެކު މަސައްކަތްކޮށްދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ހުޅުދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓު އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި ކެންޑިޑޭޓު މުހައްމަދު ޝާހިދަކީ އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ މީހެއްކަމަށްވެސް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ހުޅުދޫގެ ތަރައްގީއަށްޓަކައި ސަރުކާރުން ދާއިރާގައި ކުރަން ހުރި މަސައްކަތް ކުރުމުގައި އެއްބާރުލުން އެންމެ ފުރިހަމައަށް ދެއްވާނެ ކެންޑިޑޭޓަކީވެސް ޝާހިދުކަމަށެވެ. އެހެންކަމުން އޭނާ ހޮވައިދިނުމަށް ރެޔާ ދުވާލު މަސައްކަތްކުރެއްވުމަށް އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ ހުޅުދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިފަހަރަކީ އައްޑޫ ސިޓީ އަދި ދާއިރާގެ ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ފަހަރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: