ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށީގައި 1000 ހައުސިންގް ޔުނިޓުގެ ޕްރޮޖެކްޓެއް ފަށާނަން: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބ އަތޮޅު އޭދަފުށީގައި ދާދި އަވަހަށް ހައުސިންގް މަޝްރޫޢުއެއް ފަށާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން އޭދަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސްވަނީ ދާއިރާގެ ތަރައްގީއަށް ގެންގުޅުއްވާ ވިސްނުންތައް ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ މަސައްކަތްތަކަށް ބަލާއިރު ކުރަންޖެހިފައިވާ ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ގެދޮރުވެރިކަން ހާސިލުކުރުންކަމަށެވެ. އެގޮތުން ރަށުގައި އެކަމާއި ގުޅޭގޮތުން އޮތް ކަންބޮޑުވުންތަކަށް ބަލާއިރު، މިއީ ހައްލުކުރަންޖެހިފައިވާ މުހިންމު މައްސަލައެއްކަން ސާފުވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް ހުއްދަތައް ދީ އެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި 1000 ޔުނިޓުގެ ހައުސިންގް މަޝްރޫޢުއެއް ކުރިއަށް ފައްޓަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން މަގުފަހިވެފައިވަނީ މިހާރު މަޖިލީހުގައި ތިއްބެވި ޕީއެންސީ ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ ބުރަ މަސައްކަތުންކަމަށެވެ. އެހެންކަމުން އޭދަފުށި ދާއިރާގެ ގޮނޑި ދިފާއުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގައި މެމްބަރު އަހުމަދު ސަލީމްއަށް އެއްބާރުލުން ދޭންޖެހޭކަމަށާއި މަޝްޜޫއު ގެނައުމުގެ އިތުރުން ސަރުކާރުގެ ތެރެއިން ހުއްދަ ހޯދުން ފަދަ ހުރިހާ މަސައްކަތެއްގައި އިސްނެންގެވީ އެ ޕާޓީގެ މަޖިލިސް މެމްބަރުންކަމަށް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ، އެއްހާސް ހައުސިންގް ޔުނިޓުން ދާއިރާ އަށާއި ރަށުގެ އިތުރުން މުޅި އަތޮޅަށްވެސް އެކަމުގެ މަންފާތައް ލިބިގެންދާނެކަމަށާއި އެ މަސައްކަތުން ދާއިރާއަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިތުރު ގިނަ ވައުދުތަކެއްވެސް ވެފައިވާނެކަމަށެވެ. އަދި އެއީ ޖުމުލަ ގޮތެއްގައި ހުރިހާ ދާއިރާއަކުންވެސް ތަރައްގީތައް ގެނައުމަށް ވެފައިވާ ވައުދުތައްކަމަށްވުމުން އެ ކަން ފުރިހަމަކުރެއްވުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެންމެ ގިނައިން ދައްކަވަމުންދާ ވާހަކައެއްގެ ގޮތުގައި އެކަން ތަކުރާރުކުރައްވަމުންދަނީވެސް އެކަމުގެ މުހިންމުކަން ބޮޑުވުމުގެ ސަބަބުންކަމަށެވެ. އަދި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ވައުދުތައް ވެފައިވާ ގޮތުގެމަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށްވެސް ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: