ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަސައްކަތްތަކުގައި އެންމެ ދުވަހެއް ވެސް ބޭކާރު ނުކުރަން: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިހާތަނަށް އައިސްފައިވަނީ އެންމެ ދުވަހެއްވެސް ބޭކާރު ނުކޮށް މަސައްކަތްކުރަމުންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހަމަޖެހުމާއި ރައްކައުތެރިކަން އަދި ތަރައްގީއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިންކަން ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ތިން ކަންތައް ކުރުމުގައިވެސް ބޭރު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ހުރި ހިސާބަށް ގެންދަންޏާ އެތަންތަނުގައި ހުރި ލީގަލް ފްރޭމްވޯކް މިތަނަށްވެސް ގެންނަންޖެހޭނެކަމަށާއި ރާއްޖެއަށް ފެތޭ ގޮތެއްގެ މަތިން އެސްޓެބްލިޝް ކުރަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްލޭނެއް އެކުލަވާލެއްވީ އެކަން ކުރެއްވުމަށްކަމަށެވެ. އެގޮތުން ގާނޫނަށް އެކި ކަހަލަ އިސްލާހުތައް ގެނައުމާއި އާ ގާނޫނުތައް ވުޖޫދަށް ގަނައުންވެސް އެތިން ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން ޕީއެންސީއިން މަޖިލީހަށް މެމްބަރުންތަކެއް ހޮވަން ބޭނުންވަނީ ސީރިއަސް ކަންތައްތަކެއް ކުރަންކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި މެމްބަރުންތަކެއް މަޖިލީހަށް އައްޔަނުކުރައްވަން ބޭނުންވަނީ ނަތީޖާ ނެރިދިނުމުގެ މަގުސަދުގައިކަމަށްވެސް ހިއްސާކުރެއްވިއެވެ.

އެމަނިިކުފާނު ވިދާޅުވީ، ޕީއެންސީގެ މެމްބަރުން އިންތިހާބުކޮށްދިނުމުން އެ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި އެންމެ ވަގުތެއްވެސް ބޭކާރެއް ނުކުރާނެކަމަށާއި މި ސަރުކާރުވެސް މިހާތަނަށް މަސައްކަތްކޮށްފައިވަނީ އެންމެ ދުވަހެއްވެސް ބޭކާރުނުކޮށްކަމަށާއި އެފަދައިން އެ މެމްބަރުންވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންގެ ފަރާތުން އެމަނިކުފާނު ޔަގީންކަން ދެއްވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުން އެ ބޭފުޅުން ކުރައްވާނީ ރައްޔިތުންގެ މަސައްކަތްތައްކަމަށެވެ. އަދި އެ މީހުން ކުރައްވާނީ ގައުމުގެ މަސައްކަތްތައް ކަމަށާއި ޕީއެންސީގެ މެމްބަރުން ކުރައްވާނީ ގައުމަށްޓަކައި ކުރައްވާ އިހުލާސްތެރި މަސައްކަތްތަކެއްކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިދުމަތުގައި އެ މީހުން މަސައްކަތްނުކުރާ އެންމެ ދުވަހެއްވެސް ވޭތުވެގެންދިއުމަށް  ނޭދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: