ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން އޮތް ސިޔާސީ ގޮތުން ހައްޔަރުކުރުމުގެ ބިރު މިހާރަކު ނެތް: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން އަބަދުވެސް ވެރިކަމެއް ނިމުމާއިއެކު ކުރީގެ ސިޔާސީ ވެރިން ހިފާ ހައްޔަރުކުރާކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެގޮތުގެ މަތިން އަމަލުނުކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

ޕީއެންސީގެ ފަރާތުން އިހަވަންދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައި ރައީސްވަނީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމުގައި ހަމަޖެހުން ގާއިމުވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެނައުމަށް ވައުދުވެވަޑައިގެންނެވީ އިހުލާސްތެރިކަމާއިއެކުކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތުގައި ވާޙަކައެއް ދައްކަނީ އެކަމެއް ކުރުމުގެ ނިޔަތުގައިކަން މީގެ ކުރިންވެސް ދަންނަވާފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު އަދި ކުރިއަށް އޮތް ތާނގައިވެސް ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެކަމަށެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ވެރިކަންތައް ބަދަލުވުމުން އަބަދުވެސް ރިޔާސީ ކޮމިޝަނެއް ފަދަ ކޮންމެވެސް ކަމެއް ފަށާކަމަށާއި ސިޔާސީވީތީ ކުރީގެ ސިޔާސީ ވެރިން ހައްޔަރުކުރުން ފަދަ އަމަލުތައް ހިންގާކަމަށެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން އުޅެންޖެހިފައިވަނީ އަބަދުވެސް އެފަދަ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އެހެންނަމަވެސް މިހާރަކު އެކަމެއް ނުފެންނާނެކަމަށާއި މި ސަރުކާރުން އެއްވެސް މިހަކު ސިޔާސީ މީހަކަށް ވުމުން ހައްޔަރެއް ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ،  ގާނޫނީ ވެރިކަމެއް ކުރުން އެމަނިކުފާނުގެ މައްޗަށްވެސް ލާޒިމުކަމަށާއި އެ ފަދަ ހުވައެއް ކުރައްވައިގެން ހުންނެވިއިރު ގާނޫނީގޮތުން އޮންނަ ގޮތަށް މީހެއް ކުށަކަށް އަރައިގަތުމުން އެކަމެއް އަމަނިކުފާނު ބައްލަވަން ޖެހޭނެކަމަށެވެ. އަދި ސިޔާސީ ވެގެން މީހަކު ހިފާ ހައްޔަރެއް ނުކުރާނެކަމަށާއި ފުލުހުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި އެ ވާޙަކަތައް ހިއްސާކުރެއްވިކަންވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނާއި މިނިސްޓަރުން އަދި އެއަށްވުރެ ދަށުންވެސް އެފަދަ ނުފޫޒެއް ނޯންނާނެކަމަށާއި ޓޮލަރޭޓްވެސް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: