ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އީދު ދުވަހުގެ ހެޔޮ ތަހުނިޔާ ފޮނުއްވަވައިފިއެވެ.

ރައީސް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ބޭނުންވެވަޑައިގެންނެވީ ދިވެހި ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް އީދު ދުވަހުގެ އުފާ ފާޅުކުރުމުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަށްކަމަށެވެ. އެގޮތުގެ މަތިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މި އަހަރު މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިޓީތާއި ވެރިކަން ކުރާ ރަށްތަކުގައި އީދުގެ އުފާ ފާޅުކުރުމަށް އިންތިޒާމުތައް ހަމަޖެއްސިފައިވާކަމަށް ފާޙަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންގެ އިތުރުން ހަރު އުމުރުފުރައިގެ މީހުންވެސް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަނެފައިވާކަން ފާހަގަކުރެއްވޭކަމަށާއި އެކަމަށްޓަކައި އުފާކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ އޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅުން ފަދަ ހަރަކާތްތައްވެސް ކުރިއަށްދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އީދަކީ ދިވެހިން މުސްލިމުނަށް ވީތީ ފަހުރުވެރިވާ އީދުގެ ގޮތުގައި ފާހަގަކުރުމަށް ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ރާއްޖޭގައި ހެދުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން މިހާރު ސަރުކާރުން އެ މަސައްކަތްތައް ކޮށްފައިވާ ލެވެލްގައި ކުރެވިފައިނުވާކަމަށާއި އެއީ އެމަނިކުފާނު ހާސިލުކުރައްވަން ބޭނުންވި މަގުސަދެއްކަމަށްވެސް ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ނެރިފައިވާ ނަތީޖާ މިފަހަރު ރަނގަޅުކަމަށާއި އުންމީދަކީ ބަޖެޓު ކުރީބައިގައި ރާވައި މި މަސައްކަތްތަކަށް އިތުރަށް ފައިސާ ހިމަނައިގެން ކުރިއަށް ގެންދިއުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިފަހަރު ފާހަގަކުރަމުންދަނީ 25 ވަރަކަށް ރަށުގައިކަމަށާއި ކުރިއަށް އޮތް ފަހަރުގައި ކޮންމެ އަތޮޅެއްގައިވެސް އިތުރު ރަށްތަކެއް ހިޔާރުކޮށް އީދު ފާހަގަކުރެވޭ ރަށްތަކުގެ އަދަދު ގިނަ ކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ ޓާގެޓަކީ އެގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: