ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭރުވެސް ފައިސާއެއް ނެތް، އެކަމަކު ފުރަތަމަ ތިން މަހުން ފައިނޭންސް ހޯދައި ޕްރޮޖެކްޓުތައް ފެށިން: ސާލިހު

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ވެރިކަމާއި ހަވާލުވިއިރުވެސް މާލީ ހާލަތު ރަނގަޅު ނޫންކަމަށާއި ޕްރޮޖެކްޓުތައް ހިންގީ އެކަމަށް ބޭނުންވާ ފައިސާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހޯދައިގެންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ ސަރުކާރުން ބަޖެޓު ތަންފީޒުކުރުމާއި ގުޅޭގޮތުން ދައްކަވާ ވާހަކަތާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެއް ފަހަރު ފައިސާ ނެތް ވާހަކަ ދައްކަވާކަމަށާއި ސަރުކާރު އޮތީ މުޅިން ބަނގުރޫޓުވެފައިކަމަށް ނުވަތަ ކުންފުނިތަކުގައި ފައިސާ ނެތްކަމަށް ސަރުކާރުން ބުނާކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު އިންތިހާއަށް ވަޒީފާތައް ދީ މުސާރަދިނުމަށް ކުރަމުންދިޔަ ހަރަދުތައް އިތުރުވެފައިވާކަން ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ކެމްޕެއިންކުރުމަށްޓަކައި ސަރުކާރުގެ ވެރިން ދައުލަތުގެ ހަރަދުގައި ދަތުރުތައް ކުރަމުންދާ ވާހަކަތަކާއި އެކަމަށް 100 މިލިއަން ރުފިޔާ ހޭދަވެފައިވާ ވާހަކަ ރާއްޖޭގެ ނޫސްތަކުގައި ޝާއިއުކުރެވިފައިވަނިކޮށް އެމަނިކުފާނަށް ފެނިވަޑައިގެންނެވިކަމަށެވެ. އެހެންކަމުން އެއީ ތެދު ވާހަކަތަކެއް ނަމަ އެއީ ބަލަން ޖެހޭނެ މައްސަލައެއްކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފައިސާ ނެތިގެން ޕްރޮޖެކްޓްތައް ހުއްޓާލާފައިތިިބި ބަޔަކު އެ ހަރަދުތައް ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާއިން ކޮށްފައިވާނަމަ އެކަން ތަހުގީގުކޮށް މައްސަލަ ބަލަންޖެހޭނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވި، މެނޭޖުކުރަން ނެނގުމަކީ މިއީކަމަށާއި އެމަނިކުފާނުގެ ސަރުކާރު ގާއިމުވިއިރުވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ ރަނގަޅަށް ނޫންކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ދައުރު ފެށިގެން ފުރަތަމަ ތިން މަސް ދުވަހަށް ބޭނުންވާ ފައިސާ ނުލިބުނު ނަމަ ދަތި ހާލަތަކަށް ގައުމު ދިޔައީސްކަމަށާއި އެހެންކަމުން އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ގައުމުގެ މަސައްކަތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުންކަން ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގްރާންޓުގެ ގޮތުގައި ބަޖެޓަށް ބޭނުންވާ ފައިސާއިން 200 މިލިއަން ޑޮލަރު ހޯދުނުކަމަށާއި މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކަކީ ކޮންޑިޝަނަލް ފައިނޭންސިންގެ ގޮތުގައި ހޯދި 800 މިލިއަން ޑޮލަރުން ހަރަދުކޮށްގެން ހިންގާ މަސައްކަތްތަކެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ޑޮލަރުގެ ދަތިކަން އޮތުމުން ކުރިމަތިވެދާނެ ދަތިތަކެއް ތައްޔާރުވެ ތިބުމުގެ ގޮތުން 400 މިލިއަން ޑޮލަރުގެެ ފައިނޭންސިންގްވެސް އިންތިޒާމުކުރެއްވިކަމަށާއި އެމްޑީޕީއިން މަސައްކަތްތައް ފަަށައިގަތީ އެގޮތަށްކަން ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: