ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސައްކަތަކީ އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރުންކަމަށް ވެގެން ނުވާނެ: ނާޒިމް

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަަސައްކަތަކީ އެކަކު އަނެކާއަށް އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރާ މަސައްކަތަކަަށް ވެގެން ނުވާނެކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް މަޖިލީހުގެ އިންތިހާބުގައި ލިބުުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޅ ހިންނަވަރުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އުފާފާޅުކުރަމުންދާއިރު ކާމިޔާބީގައި ހިތްތިރިކުރުމާއި ނާކާމިޔާބީ ތަޖުރިބާކޮށްފައިވާ މީހުން އަައު އަޒުމަކާއިއެކު މަސައްކަތްކުރުމުގެ ރޫހު ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެ ރޫހު ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި ޕްރޮގްރެސިވް ކޯލިޝަނުން އަބަދުވެސް ދަމަހައްޓަމުން ގެންދިޔައީ އެ ރޫހުކަމަށްވެސް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޕީއެންސީއިން ކުރިއަށް އޮތްތާނުގައިވެސް މަސައްކަތްކުރަމުންދާނީ އެ ރޫހުގައިކަމަށާއި އަޒުމަކަށް ހަދަންވީ ރަށްތަކަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދިނުންކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން މަަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަމުންދާއިރު އެކުލަވާލާފައިވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ މެމްބަރަކަށް ވުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އިންތިހާބީ މެމްބަރު މުހައްމަދު އަބްދުއްރަހްމާންގެ ޓީމުންވެސް އަޒުމް ކަނޑައަޅަންވީ ރަށް ކުރިއެރުވުމާއި ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި މެމްބަރަށް އެއްބާރުލުން ދިނުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތަށް ނުކުތީ އެ މަސައްކަތަކީ ގައުމު ތަރައްގީކުރުމުގެ މަސައްކަތަށް ވާތީކަމަށާއި ސިޔާސީ މަސައްކަތަކީ އެކަކު އަނެކާއަށް އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރުމުގެ މަސައްކަތަކަށް ވެގެން ނުވާނެކަމަށެވެ.

އޭނާ ވިދާޅުވީ ޕީއެންސީއިން ސިޔާސީ މަސައްކަތުގައި ދެމިތިބޭނީވެސް އެ އަޒުމުގެ މަތީގައިކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މުޅި ރާއްޖެއިންވެސްވަނީ ވަރަށް ބޮޑު އިތުބާރެއް ދެއްވާފައިކަމަށާއި އެ އިތުބާރު ދެއްވީ ރައްޔިތުން މާ އުފާވެރި މާދަމާއަކަށް އެދޭތީކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ރައްޔިތުން ތިބީ ތަހުޒީބު މާދަމާއެއް ދެކުމުގެ އުންމީދުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: