ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13.4 އިންސައްތަ ރައްޔިތުންނަށްވަނީ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުވުމުގެ ދަތިތައް ކުރިމަތިވެފައި: އޭޑީބީ

ދަނޑުވެރިކަން ކުރަން ބިންދޫކުރުމަށް އިއުލާން ކުރުމުން 106 ފަރާތަކުން ފޯމު ހުށަހަޅައިފައިވޭ / އަވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން 13.4 އިންސައްތައާއި ގާތްކުރާ އަދަދެއްގެ މީހުންނަށްވަނީ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިކަމަށް އޭޝިއަން ޑިވެލޮޕްމެންޓު ބޭންކުން ބުނެފިއެވެ.

އޭޑީބީއިންވަނީ ދިވެހިރާއްޖޭގައި ކުރިމަތިވެފައިވާ ބައެއް މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސިޔާސަތުތަކަށް ބަދަލުތައް ގެންނަންޖެހިފައިވާކަމަށް ބުނެ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ރާއްޖޭގައި މިވަގުތު ހުރި ގޮތުގެ މައުލޫމާތު ވެބްސައިޓުގައި ހިއްސާކޮށްފައެވެ.

އެގޮތުން ރާއްޖެއަކީ ބޭނުންވާ ޒަރޫރީ ކާބޯތަކެތި 100 އިންސައްތަ އިންޕޯޓުކުރާ ގައުމެއްކަމަށްވުމުން ބޭރުގެ ލޮޅުންތަކަށް ބަލިކަށިވެ، ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގައި ދަތިތައް ހުރިކަމަށް ބުނެފައިވެއެވެ. އަދި ކޮވިޑްއާއި އެލްނީނޯ ފަދަ ބޮޑެތި ކާރިސާތަކުގެ އިތުރުން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންވެސް ކާބޯތަކެއްޗާއި ތެލުގެ އަގުތައްވެސް އަރައިގެން ގޮސްފައިވާކަމަށާއި ރާއްޖޭގެ އިގްތިސާދީ ބައިވެރިންގެ މަސައްކަތްތަކަށްވެސް ކުއްލި ބޮޑެތި ބަދަލުތައް އަންނަކަމަށްވުމުންވެސް އަގާއި ސަޕްލައިއަށްވެސް އެއްފަދަ ބަދަލުތައް އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.

އޭޑީބީއިން ބުނެފައިވާގޮތުން ރާއްޖެއިން އިމްޕޯޓު މުދަލަށް ބަރޯސާވެފައިވުމުގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ބޮޑެތި މައްސަލަތަކުގެ ސަބަބުންވެސް ދިވެހިރާއްޖެއަށް ބައެއް މުދާ ލިބުމުގައި ދަތިތައް ކުރިމަތިވެގެންދިޔަކަމަށާއި އިންޑިއާއިން ފިޔަލުގެ ސަޕްލައި ބުރުއެރުމާއިއެކު ރާއްޖޭގެ ބާޒާރުގައި ފިޔަލުގެ އަގު އިންތިހާއަށް މައްޗަށް އަރައިގެންދިޔަކަަމަށްވެސް ބުނެފައިވެއެވެ. އަދި 2021 ވަނަ އަހަރު ކުރެވުނު ދިރާސާތަކުގެ އަލީގައި ދިވެހިރާއްޖޭގެ 13.4 އިންސައްތަ މީހުްނަނށް ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުވުމުގެ ސަބަބުން މެދު މިން ނުވަތަ އިންތިހާ ދަތިތައް ކުރިމަތިވެފައިވާކަން އަންދާޒާކުރެވިފައިވާކަމަށްވުމުން ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އަވަސް ހާލަތެއްގައި ހަރަދުނާކުރެވެންޖެހޭކަމަށްވެސް ހާމަކޮށްފައިވެއެވެ.

އޭޑީބީއިން ބުނެފައިވާގޮތުން ރާއްޖޭގައި ދަނޑުގޮވާންކުރެވޭނެ 5900 ހެކްޓަރުގެ ބިން ހުރިއިރު، އުފައްދަމުންދަނީ ގައުމަށް ބޭނުންވާ ކާބޯތަކެތީގެ 10 އިންސައްތަކަމަށާއި ޖުމުލަ އުފެއްދުންތެރިކަމުގައި ދަނޑުވެރިކަމުގެ ދާއިރާގެ ހިއްސާ 2005 އިން 2022ގެ ނިޔަލަށްވެސް ހުރީ އިންތިހާ ދަށް 1.5 އިންސައްތައިގައިކަންވެސް ހާމަކޮށްފައިވެއެވެ. އެހެންކަމުން ދަނޑުވެރިކަމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ޖާގަ އޮތްކަމަށް ފެނިގެންދާނަމަވެސް އެ ހިސާބަށް ވާސިލުވުމުގެ ގޮތުން ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން ކުރަމުންދާ މީހުންގެ އަދަދުތައް މަދުވަމުންދާ މައްސަލަ ހައްލުކުރަންޖެހޭކަމަށާއި 2013 ވަަނަ އަހަރުން ފެށިގެން މިހާ ހިސާބަށް 23.7 އިންސައްތަ މީހުންގެ އަދަދުތައް ދަަށްކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި އެކަމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިން ހޯދުމަށާއި އުފެއްދޭ މިންގަނޑުތައް އިތުރުކުރުމަށްވެސް މަޖުބޫރުވެފައިވާކަމަށާއި އެހެންކަމުން ލުއިތައް ލިއްބައިދިނުމުގެ ގޮތުންނާއި މާލީ އެހީ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންވާ ފާޓިލައިޒާ ފަދަ ތަކެތީ އިމްޕޯޓު އަގުތައް މަތިވުމުގެ މައްސަލަ އަށް ލުއިތަކެއް ލިއްބައިދިނުމުގެ ގޮތުން އެ އަގުތައް ދަށްކުރުމަށް ފިޔަވަޅުތައް އަޅައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރަން މުހިންމުކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: