ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރޯންތަކާއި ގުޅިގެން މިނިސްޓަރު ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

ރާއްޖޭގައި ޑްރޯން އޮޕަރޭޓު ކުރަން ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ގެނައި ޑްރޯންތައް ގަތުމަށްވީ އެއްބަސްވުމާއި، ޑްރޯންތަކުގެ ތަފްސީލު ދިނުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްގެން ބާއްވައިފިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތުރުކީއަށް ކުރެއްވި ދަތުފުޅުގައި ކުރެވުނު މަޝްވަރާތަކާއި އެއްބަސްވުންތަކުގެ ދަށުން ގެނައި ތިން ޑްރޯން ވެސް ބޭނުން ކުރަން ފަށާފައި ވަނީ ތުރުކީން ތަމްރީނު ވެގެން އައި ދިވެހި ސިފައިންނާ އެކު އެވެ. އެ ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑްރޯން އޮޕަރޭޓު ކުރާނީ ދިވެހިންކަމަށާއި، އެކަމުގައި އަމަލީ ގޮތުން ބޭރުގެ އެއްވެސް ބައެއްގެ ބައިވެރިވުން ނޯންނާނެ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ބެޗުތައް ޑްރޯން އޮޕަރޭޓު ކުރުމުގެ ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދާނީ ތުރުކީގައިކަމަށް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ގެންދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. ޑްރޯންތަކުގެ މުއާމަލާތުގައި ސިއްސައިގެންދާވަރު ކޮރަޕްޝަން ހިންގާފައިވާކަމަށް އެމްޑީޕީއިން ތުހުމަތު ކުރެއެވެ. އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ ތަރުޖަމާނު އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަންޖެހޭކަމަށް ގަބޫލުކުރާކަމަށެވެ. މި ކަންކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ކަންތައްތަކެއްކަން ފާހަގަކޮށް އީސަ ވިދާޅުވީ، އޭގެ ފުރިހަމަ ތަފްސީލު ހާމަ ކުރަން ޖެހޭނެކަމަށެވެ.

އެމްޑީޕީގެ އިތުރުންވެސް ގިނަ ބަޔަކު މި ޑްރޯންތަކާއިމެދު ސުވާލު އުފައްދާފައިވާއިރު، މަޖިލީހަށް ހާޒިރުކޮށް މިކަމާއި ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ގައްސާން ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތުތައް ހާމަކުރެވޭނީ، ކޮމިޓީ ބައްދަލުވުމެއްގައިކަމަށެވެ.

މި ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ފާސްކުރީ ޑިފެންސް މިނިސްޓްރީގެ އެދުމަށެވެ.

241 ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ގޮތުގައި މިނިސްޓްރީއިން ފޮނުވި ސިއްރު ސިޓީއެއްގައި ޑްރޯންތައް އުފެއްދި ކުންފުނީގެ ނަން އޮތް ނަމަވެސް، އިތުރު މައުލޫމާތު ދެވޭނީ 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައިކަމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: