ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އިސްލާހުގައިވެސް ސިޔާދަތަށް ގެއްލުންވާތީ ހުށައަޅާފައި އޮތް އިސްލާހެއް ނެތް: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލަމާތީ ޚިދުމަތްތަކާއިބެހޭ ކޮމެޓީއިން އެކުލަވާލާފައިވާ ކޮމެޓީ ރިޕޯޓަށް މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި 13 އިސްލާހުގައިވެސް ރާއްޖޭގެ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާތީ ހުށައަޅާފައި އޮތް އެންމެ އިސްލާހެއްވެސް ނެތްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމެޓީއިން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ތައްޔާރުކޮށްފައިވާ ކޮމެޓީ ރިޕޯޓަށް މެމްބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ 13 އިސްލާހެއް ހުށައަޅާފައެވެ. މިއިސްލާހުތަކަށް ފާޑުވިދާޅުވެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖެއާއި އިންޑިޔާ ކަނޑުގެ ސަލަމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިޔާއާއިއެކު މަސައްކަތްކުރުން މުހިންމުކަމަށެވެ.

ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެމެދު ވެފައިވާ އެއްބަސްވުންތަކަކީ އިންޑިޔާއަށްވުރެ ބޮޑަށް އެކަމުގެ ސަބަބުން ދިވެހިންނަށް އޭގެ ސަބަބުން ފައިދާވާނެ އެއްބަސްވުންތަކެއްކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ. އެއްބަސްވުންތަކަށް ބަލައިލުމުންވެސް އެކަން ހާމަވާ ކަމަށާއި އަދި ދިފާއީ ބާރުން ހުށައަޅައިދިން ޕްރެޒެންޓޭޝަނަށްފަހު މިހާރު ވަކިން ބޮޑަށް އެކަން ސާފުވެފައިވާކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

މިޒަމާނުގައި ހިނގާ ބޮޑެތި ކުށްތަކަކީ ކްރޮސް ބޯޑަރ ކުށްތައް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިތަކާއި ހަތިޔާރުގެ ވިޔަފާރިތަކާއި ޓެރަރިޒްމް އަދި ހިޔުމަން ޓްރެފިކިންގެ މައްސަލަތައް ފާހަގަކުރެވޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި ކަނޑުގެ ސަރަހައްދަކީ ނިސްބަތުން ބޮޑު ސަރަހައްދެއްކަމަށާއި މިސަރަހައްދުގެ ކަނޑުތައް ބަލަހައްޓަންވާނީ ދިވެހިންކަމަށް ގަބޫލުކުރައްވާކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި އިންޑިޔާފަދަ ގައުމުތަކުން އެހީތެރިކަން ހޯދަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވާހާ ހިނދަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަންވެސް ނޯންނާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން ހަދަމުންދާ ޑޮކްޔާޑަކީ ދިވެހި އަސްކަރީ ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އެއީ މިވަގުތަށް ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވައި މެމްބަރު ހަސަން ލަތީފް ވަނީ އެއްބަސްވުންތަކުގައިވާ ކަންކަން ހާމަކުރެވެން އޮތް މިންވަރަކުން ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި އިދިކޮޅުގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް މެމްބަރު ހަސަން ލަތީފް ވަނީ ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: