ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުންނަކީ ކެތްތެރިކަމާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައި ދެމިތިބޭ ބައެއް: ހަލީލް

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަރުހުންނަކީ ކެއްތެރިކަމާއި ހިތްވަރާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް، އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށް  ހެލްތް މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ހަލީލް ވަނީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބިވެތި ހުރިހާ ނަރުހުންނަށް އަރިސްކުރައްވާފައެވެ. ހަލީލް ވިދާޅުވީ ނަރުހުންނަކީ ކެތްތެރިކަމާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް ފަސްޖެހުމެއްނެތި އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭ ބައެއްކަމަށެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ގައްޒާގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ އެންމެހާ ނަރުހުން އިންސާނިއްޔަތަށް ޚިދުމަތް ކުރައްވާ ކަމަށް ހަލީލް ފާހަގކުރެއްވިއެވެ. 

މީގެއިތުރުން ގައްޒާގައި މަސައްކަތްކުރައްވާ ހުރިހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި މާތް ﷲގެ ޙަޒްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހެވެ. މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، ”އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު، ފަރުވާގެ އިގްތިސާދީ ބާރު“ މިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: